ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް،އެލް) އިން މި އަހަރުގެ އިންޓަރންޝިޕް ޕްރޮގްރާމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.
މި ޕްރޮގްރާމަކީ ރާއްޖޭގައި މަތީ ތައުލީމު މަރުކަޒުތަކުގައި ކިޔަވާ ދަރިވަރުންނާއި ދަސްވެނިންނަށް އަމާޒުކޮށް 12 މަސްދުވަހުގެ މުއްދަތަކަށް ބީ.އެމް،އެލް އިން ހިންގާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް އެކި ދާއިރާގެ ގްރެޖުއޭޓުންނަށް ފުރުސަތު ފަހިކޮށްދީފައި ވެއެވެ. މި އަހަރު، އައިޓީ ދާއިރާއިން ތައުލީމު ހާސިލުކުރާ ދަރިވަރުންނާއި ގްރެޖުއޭޓުންނަށް ހާއްސަކޮށްފައިވާ "ޓެކް ސްޓާޓް" އިންޓަރންޝިޕް އަށްވެސް ވަނީ ހުޅުވާލައިފައެވެ.
އިންޓަރންޝިޕް ފުރުސަތުތައް:
• ގްރެޖުއޭޓް އިންޓަރންޝިޕް: 15 ބައިވެރިންނަށް– ބޭންކުގެ އެކި ޑިވިޜަންތަކުގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބޭނެ
• ޓެކް ސްޓާޓް އިންޓަރންޝިޕް: 10 ބައިވެރިންނަށް– ބޭންކުގެ ޓެކްނޮލޮޖީ ޑިވިޜަންގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބޭނެ
"މި ޕްރޮގްރާމް މެދުވެރިކޮށް ދަރިވަރުންނާއި ދަސްވެނިންނަށް އިންޓާންޝިޕް މުއްދަތުގައި ދެވޭ ތަޖުރިބާ އާއި ހުނަރު އިތުރުކުރުމަށް ބޭންކުގެ އެކިއެކި ބިޒްނަސް ޔުނިޓްތަކާއި ޑިޕާޓްމަންޓްތަކާއި ބްރާންޗްތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި އަހަރުގެ ގްރެޖުއޭޓް އިންޓަރންސް އަށް ކޮންމެ މަހަކު ލިބޭ އެލަވަންސް 9،000ރ. އަށް ބޮޑުކޮށްފައިވާއިރު، ޓެކް ސްޓާޓް އިންޓަރނސްއަށް މަހަކު 11،000ރ.ގެ އެލަވަންސެއް ލިބޭނެއެވެ." ބީ.އެމް،އެލް އިން ބުނެއެވެ.
އިންޓާންޝިޕް ޕްރޮގްރާމްގައި ބައިވެރިވާން ބޭނުން ފަރާތްތަކަށް 30 ސެޕްޓެންބަރުގެ ކުރިން އޮންލައިންކޮށް ހުށަހެޅޭނެއެވެ.
ބީ.އެމް،އެލް އިން ބުނާ ގޮތުގައި 2018 ވަނަ އަހަރުން ފެށިގެން މިހާތަނަށް 77 އިންޓަރންސް އަށް ތަޖުރިބާގެ ފުރުސަތު އެ ބޭންކުން ފަހިކޮށްދީފައި ވެއެވެ. މީގެ ތެރެއިން ބައެއް އިންޓަރންސް އަށް ބޭންކުގެ ދާއިމީ ވަޒީފާގެ ފުރުސަތުވެސް ވަނީ ލިބިފައެވެ.
އިންޓާންޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ޝަރުތުތަކާއި އިތުރު މައުލޫމާތު ހޯދުމަށް:



advertisment

