ހުޅުމާލޭގެ ދެ ފޭސް ގުޅުވައިދޭ ސަރަހައްދުގެ މޫދުގައި އިންޖީނުލީ އުޅަނދުފަހަރު ދުއްވުން މި މަހު 19 އިން ފެށިގެން މަނާކޮށްފިއެވެ.
އެޗް.ޑީ.ސީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ހުޅުމާލޭގެ ދޭ ފޭސް ގުޅޭ ސަރަހައްދުގެ ޗެނެލަކީ ކުޑަކުދިންނާއި ބޮޑެތި މީހުން ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ ރައްޔިތުން މޫދަށް އެރުމަށާއި މުނިފޫހިފިލުވުމަށް ބޭނުންކުރާ ސަރަހައްދަކަށް ވުމުގެ އިތުރުން މީގެ އިތުރުން ތިމާވެށި ހިމާޔަތްކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ ދަށުން މުރަކަ އިންދާ އަލާކުރުމަށް ކަނޑައަޅައިފައިވާ ސަރަހައްދެއް ކަމަށެވެ.
"އެހެންކަމުން މި ސަރަހައްދުގެ ތެރޭގައި އިންޖީނުލީ އުޅަނދުފަހަރު ދުއްވުމަކީ މި ސަރަހައްދުގައި މޫދަށް އެރި އުޅޭ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސްއެޅޭ ކަމަކަށް ވާތީ، އަދި މި ސަރަހައްދުގެ މޫދުގައި މުރަކަ އިންދައި އާލާކުރުމަށް މި ކޯޕަރޭޝަނުން ކުރަމުން އަންނަ މަސައްކަތަށް ދަތިވާތީ، 19 ސެޕްޓެންބަރ 2025 ވަނަ ދުވަހުން ފެށިގެން އިންޖީނުލީ އުޅަނދުފަހަރު މި ސަރަހައްދުގެ ތެރޭގައި ދުއްވުމަކީ މަނާ ކަމެއް ކަމުގައި އަންގާ އިއުލާނު ކުރަމެވެ." އެޗް.ޑީ.ސީގެ އިއުލާނުގައި ވެއެވެ.



advertisment

