Support Us

އެސްޓީއޯއިން ހިޓާޗީ އޭސީއެއް ގަނެގެން އެއަރ ބްލޭޑް ސައިކަލެއް

އެސްޓީއޯގެ "އެންމެ ފިނި ހިޓާޗީ ޑީލް" ޕްރޮމޯޝަންގައި ހިޓާޗީ އޭސީއެއް ގަނެގެން އެއަރ ބްލޭޑް ސައިކަލެއް ލިބޭ ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަންގައި އެސްޓީއޯއިން ވިއްކާ ހިޓާޗީ އޭސީ ތަކުން 1,000ރ. އަށް ވުރެ މަތިން ވިޔަފާރިކުރާ ކޮންމެ މީހަކަށް ލިބޭ ކޫޕަން ބޭނުން ކޮށްގެން ލަކީ ޑްރޯގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެއެވެ. މި ލަކީ ޑްރޯއިން ހޮވޭ ނަސީބުވެރިޔަކަށް ޝީޝާ ހޮންޑާ ސްޕޯޓްސް އެޑިޝަންގެ އެއަރ ބްލޭޑް 125 އެއް ލިބޭނެއެވެ.

އިއްޔެ ފެށި، އެއް މަސް ދުވަހުގެ މި ޕްރޮމޯޝަން ކުރިއަށްދާނީ ހަމައެކަނި އެސްޓީއޯ ޕީޕަލްސް ޗޮއިސްގައެވެ. މި ޕްރޮމޯޝަންގެ އެންމެ ފަހު ތާރީޚަކީ އަންނަ މަހުގެ 11 އެވެ.