Support Us

ސްޓެލްކޯގެ ބޯޑަށް ޑީ.އެމް.ޑީ މުޒުނާ

‏ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށް ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރު ޢާއިޝަތު މުޒްނާ އައްޔަނުކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން ބޯޑުން މިއަދު ބުނީ މުޒުނާ ބޯޑަށް އައްޔަންކުރީ، އެ ބޯޑުގައި ކުރިން އިންނެވި މުޙައްމަދު ޢާމިރު، ބޮޑުގެ، ތ. ތިމަރަފުށި، ވަކިކުރުމަށްފަހު ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ.

ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑު މިހާރު

  • ޗެއާމަން: މުހައްމަދު ލަތީފު
  • މެނޭޖިން ޑައިރެކްޓަރު: އަހުމަދު ޝަމާހު ރަޝީދު
  • ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު: އަލީ އަޒުވަރު
  • ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު: އައިޝަތު މުޒުނާ
  • ޑިރެކްޓަރު: މަރިޔަމް ސާޖިދާ
  • ޑިރެކްޓަރު: އަހުމަދު އަސްލަމް

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ހުސައިން ފަހުމީ ވަކިކޮށް، އެ މަގާމަށް މިފްކޯގެ ކުރީގެ ސީއީއޯ އަހުމަދު ޝަމާހް ރަޝީދު އާދިއްތަ ދުވަހު ވަނީ އައްޔަންކޮށްފަ އެވެ.