Support Us

ބޮޑުތަކުރުފާނުމަގުގެ އުތުރު ފަރާތް ޝީޓް ޕައިލްކޮށް ނިންމައިފި

ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ޝީޓް ޕައިލް ކުރުމުގެ މަސައްކަތް ނިންމައިފިއެވެ.

އެމް.ޓީ.ސީ.ސީން މިއަދު ބުނީ ޝީޓް ޕައިލް ކުރުމުގެ 132 މީޓަރުގެ މަސައްކަތް ނިންމައި މަގު ފުޅާކުރުމަށާއި އައު ބަނދަރުގެ ތޮށި ހެދުމަށް ބޭނުންވާ ހިއްކުމާއި އެންކަރިންގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

މި މަޝްރޫޢުގެ ސަބަބުން މާލޭގައި ފައިމަގުގައި އުޅޭ މީހުންނަށް ފަސޭހަވެ، ދަތުރުފަތުރު ކުރުމަށް ފަސޭހަވެގެންދާނެ ކަމަށް އެމް.ޓީ.ސީ.ސީން ބުނެއެވެ. ހަތަރު ލޭނުގެ މި ފުޅާމަގުގެ ސަބަބުން ޓްރެފިކް ތޮއްޖެހުން ކުޑަވެ އަދި ގާއިމުކުރެވޭ އާ ފެންހިންދާ ނިޒާމުގެ ސަބަބުން ވިއްސާރަ ދުވަސްވަރު މަގުމަތީ ފެންބޮޑުވުން ބޮޑުތަނުން މަދުވެގެންދާނެ ކަމަށް ވެސް އެމް.ޓީ.ސީ.ސީން ބުނެއެވެ. މީގެ ސަބަބުން އެންމެންނަށް ރައްކާތެރި، ދެމެހެއްޓެނެވި ތަނަކަށް ބޮޑުތަކުރުފާނު މަގު ވެގެން ދާނެ ކަމަށް ވެސް އެމް.ޓީ.ސީ.ސީން ދެކެއެވެ.