ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް ކުންފުނީގެ ފެންވަރުގައި ފާހަގަކުރުމަށް ސްޓެލްކޯގައި ހާއްސަ ރަސްމީޔާތެއް މިއަދު ބާއްވައި، ހުރިހާ އިންޖިނޭރުންނަށް ރަތްދޫލައިގެ މަރުހަބާއެއް ކިޔައިފިއެވެ.
މިއަދުގެ ރަސްމީޔާތުގައި ބައިވެރިވެރިވި 156 އިންޖިނޭރުން އޮފީހަށް ހާޒިރުވީ އެ މީހުންގެ ރަސްމީ މަސައްކަތު ހެދުން ކަމަށްވާ ބޮއިލަރު ސޫޓުގައެވެ. މި އެންމެނަށް އޮފީހުން މަރުހަބާ ވިދާޅުވީ ސްޓެލްކޯގެ އެމް.ޑީ ހުސެއިން ފަހުމީ އާއި އެހެން ވެރީންނެވެ.
ސްޓެލްކޯގައި ޚިދުމަތްކުރާ އިންޖިނޭރުންގެ އަގުވަޒަންކުރުމަށް މިއަދު ކުރިއަށްދިޔަ މި ހަރަކާތުގައި ހުރިހާ އިންޖިނޭރުންގެ ޝަރަފުގައި ތައްޔާރުކޮށްފައިވާ ބޮޑު ކޭކެއް ފެޅުން ވެސް އޮތެވެ.






advertisment

