Support Us

ކުޅުދުއްފުށީގައި ބީއެމްއެލްގެ ތިން ވަނަ ބިޒްނަސް ސެންޓަރުގެ ބިންގާ އަޅައިފި

ބީއެމްއެލްގެ ތިން ވަނަ ބިޒްނަސް ސެންޓަރުގެ ބިންގާ ކުޅުދުއްފުށި ސިޓީގައި މިއަދު އަޅައިފިއެވެ.

މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ވަޒީރުންނާއި ބީއެމްއެލްގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފާއި ބީއެމްއެލްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ބިޒްނަސް ސެންޓަރު ވެގެންދާނީ ކުޅުދުއްފުށި ސިޓީ އާއި އަތޮޅުތެރޭގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ޚިދުމަތް ފޯރުކޮށްދިނުމަށް ހާއްސަކުރެވޭ ބިޒްނަސް ސެންޓަރަކަށް ކަމުގައި ބީއެމްއެލް އިން ބުނެއެވެ.

ބީއެމްއެލްގެ ބިޒްނަސް ސެންޓަރ ގާއިމުކޮށްފައިވަނީ މާލޭ ސިޓީ އާއި އައްޑޫ ސިޓީގައެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ މުޅި ރާއްޖެއަށް ބޭންކުގެ ޚިދުމަތްތައް ފުޅާކުރަމުން ދާއިރު، އަޅުގަނޑުމެން މި ދަނީ ކުޅުދުއްފުށި ސިޓީ ފަދަ، ސަރަހައްދުގެ މައި މަރުކަޒުތަކަށްވެސް އިސްކަންދެމުން ކަމަށެވެ.

"މިއަދު ވިޔަފާރިތަކަށް ހާއްސަ ބްރާންޗެއްގެ ބިންގާ އެޅުމަކީ މި ސަރަހައްދުގެ ވިޔަފާރި މުޖުތަމަޢަށް ބޭނުންވާ ފުރިހަމަ ޚިދުމަތް ފޯރުކޮށްދިނުމަށް އަޅުގަނޑުމެނަށް އެޅޭ މުހިންމު ފިޔަވަޅެއް،" ޝަރީފް ވިދާޅުވިއެވެ.

މިއަދު ބޭންކުން ވަނީ ހދ. ނޮޅިވަރަންފަރުގައި އައު ބްނާންޗެއް ހުޅުވައި، ވައިކަރަދޫ އަދި ނޭކުރެންދޫގައި އޭޓީއެމްގެ ޚިދުމަތް ދޭން ފަށައިފައެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 154 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 213 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

 

 

 

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *