ބޮޑު މަސައްކަތެއް ކުރުމަށް ހުޅުމާލޭ 50 މެގަވޮޓް އިންޖީނުގެ ނިންވާލައިގެން މިއަދު ކުރަމުންދިޔަ މަސައްކަތް، ތާވަލްކުރެވިފައިވާ ވަގުތުގެ ކުރިން ނިންމައި އިންޖީނުތައް ލޯޑަށްލެވި، މާލެއާއި ހުޅުމާލޭގެ ކަރަންޓުގެ ހިދުމަތް އާންމު ހާލަތަކަށް ގެނެސްފައިވާ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.
މާލެ ސަރަޙައްދުގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، މެދުކެނޑުމެއް ނެތި ފޯރުކޮށްދިނުމަށްޓަކައި ހުޅުމާލޭގެ 50 މެގަވޮޓްގެ އިންޖީނުގޭގައި ކޮންމެހެން ކުރަންޖެހޭ "މުހިންމު މޭޖަރ މަސައްކަތެއް" ކުރުމަށް، މިއަދު ހެނދުނު ހަޔަކުން އެ އިންޖީނުގެ ނިއްވައިލި އެވެ. ނަމަވެސް، މަސައްކަތް އަވަސްކޮށް، ގިނަ އިރުތަކެއް ނުވެ ވަނީ އަލުން ކަރަންޓު ދީފައެވެ.
"ހުޅުމާލޭ އިންޖީނުގޭގައި ކުރަމުންދިޔަ މަސައްކަތް ތާވަލްކުރެވިފައިވާ ވަގުތުގެ ކުރިން ނިންމާ އިންޖީނުތައް ލޯޑަށްލެވި މިހާރު ވަނީ މާލެއާއި ހުޅުމާލޭގެ ކަރަންޓުގެ ހިދުމަތް އާންމުހާލަތަކަށް ގެނެވިފައި. މިއާއެކު ލޯޑް ޝެޑްކުރުން ހުއްޓާލައި، މާލެއާއި ހުޅުމާލޭގެ ހުރިހާ ސަރަހައްދަކަށް މިހާރު ވަނީ އަލުން ކަރަންޓު ފޯރުކޮށްދެވިފައި،" ސްޓެލްކޯ އިން ބުންޏެވެ.
"މިފަދަ ކަންކަމުގައި ކަސްޓަމަރުންގެ ފަރާތުން އަބަދުވެސް މި ކުންފުންޏަށް ލިބެމުން އަންނަ އެއްބާރުލުމަށް އިހުލާސްތެރިކަމާއެކު ޝުކުރުދަންނަވަން. އަދި މީގެ ސަބަބުން ދިމާވި ދަތިތަކަށް މަޢާފަށް އެދެން."



advertisment

