Support Us

ޤައުމިއްޔަތު އިންސްޓިޓިއުޓު ހަ މަސް ދުވަސްތެރޭ ނިންމަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެއް ކަމުގައިވާ ދިވެހި ޤައުމިއްޔަތު އިންސްޓިޓިއުޓު މަސައްކަތް ފެށޭތާ ހަ މަސްދުވަސްތެރޭ ނިންމަން ކަނޑައަޅައިފިއެވެ.

ހުޅުމާލޭގައި ހަދަންފަށައި ހުއްޓިފައި ހުންނަތާ 17 އަހަރުވީ ބޮޑު ހޮޓެލް އިމާރާތުގެ މަސައްކަތް "ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑް"އާ ހަވާލުކުރުމަށް އެޗްޑީސީން ރޭ ވަނީ ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ ޢަލީ ޒުހައިރާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުޙައްމަދު އަޞްބާޙު ޢަލީ ނަޞީރެވެ. ވޯލްޑް އޮފް ބިޒްނަސްގެ ފަރާތުން، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޢީމް އަދި ސީއީއޯ ފަހިޔަސް ޕަންގަޓްގެ އިތުރުން ސީއޯއޯ ޢަލީ ނާހިޒެވެ.

ރޭގެ ރަސްމީޔާތުގައި ގައުމިއްޔަތާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމާއި މީޑިއާގެ ބައެއް އޮފިޝަލުން ބައިވެރިވެވަޑައިގަތެވެ.

ސަރުކާރުގެ ބޭނުމަށް ޚާއްޞަކުރެވޭ އޮފީސް ބައެއް ހިމެނޭގޮތަށް ތަރައްޤީކުރާ އެ ހޮޓެލްގެ މަސައްކަތް، އެތަން ހިންގުމަށް ޚާއްޞަކޮށް އުފައްދާފައިވާ ކުންފުންޏެއް ކަމުގައިވާ ވޯލްޑް އޮފް ބިޒްނަސްއާ ހަވާލުކޮށް "މެންހަޓަން ގްރޭންޑް ހޮޓެލް"ގެ ނަމުގައި އެތަން ހިންގުމަށް ހަމަޖެހިފައިވަނީ %50 ފޮރިން އިންވެސްޓްމަންޓާއެކުއެވެ. މި މަޝްރޫޢަށް އިންވެސްޓްކުރުމަށް ހަމަޖެހިފައިވަނީ ޔޫއޭއީގެ ކުންފުންޏެއް ކަމުގައިވާ "ޑީޕް ސީފުޑް ކޮމްޕެނީ" އިންނެވެ.

ހުޅުމާލޭގައި ތަރައްޤީކުރާ މި ހޮޓަލުގައި ސަރުކާރުގެ ބޭނުމަށް ޚާއްޞަކުރެވޭ އޭރިއާ (3.5 ފްލޯރ ސްޕޭސް)ގައި ދިވެހި ޤައުމިއްޔަތު އިންސްޓިޓިއުގެ އިތުރަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ވަޢުދުތަކުގެ ތެރޭގައި ހިމެނޭ މީޑިއާ ވިލެޖާއި، އެމްއެންޔޫ މެޑިކަލް ކޮލެޖް ވެސް ތަރައްޤީ ކުރާނެއެވެ. މިތަންތަން ނިންމުމަށް ހަމަޖެހިފައިވަނީ މަސައްކަތް ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *