Support Us

ހާފް މެރަތަނުގެ މެޑިކަލް ޕާޓްނަރަކަށް ޓްރީ ޓޮޕް ހޮސްޕިޓަލް

މިދިޔަ ހަފުތާބަންދުގައި ބޭއްވި "މޯލްޑިވްސް ހާފް މެރަތަން"ގެ މެޑިކަލް ޕާޓްނަރެއްގެ ގޮތުގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ހަރަކާތްތެރިވެއްޖެއެވެ.

މި އަހަރުގެ މެރަތަނުގައި ހިމެނުނީ 21.1 ކިލޯމީޓަރުގެ ހާފް މެރަތަން އާއި 15 ކިލޯމީޓަރުގެ އެންޑިއުރަންސް ޗެލެންޖާއި 10 ކިލޯމީޓަރުގެ ޓަފް ރޭސް އަދި އާއިލާތަކަށް އަމާޒުކޮށްގެން ބޭއްވި ފަސް ކިލޯމީޓަރުގެ ފަން ރަން އެވެ.

"މި ހުރިހާ ކެޓަގަރީއެއްގައިވެސް ބައިވެރިންނަށް ފުރިހަމަ މެޑިކަލް ކަވަރޭޖް ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ ފޯރުކޮށްދީފައެވެ." ޓްރީ ޓޮޕްގެ ބަޔާނެއްގައިވެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ފޯރުކޮށްދިން ހިދުމަތްތައް

  • ހިލޭ އަސާސީ ސިއްހީ ޗެކަޕްތައް: ރަނިން އެކްސްޕޯގައި ޓްރީ ޓޮޕްގެ ބޫތަށް ޒިޔާރަތްކުރި ބައިވެރިންނަށް ހިލޭ އަސާސީ ސިއްހީ ޗެކަޕްތައް ފޯރުކޮށްދެވުނެވެ.
  • ޕެނަލް މަޝްވަރާތައް: ޕެނަލް މަޝްވަރާތަކުގައި ޑރ. އިބްރާހިމް އިޔާޒް އަދި މިސް ރީބާ ބައިވެރިވެ، ސިއްހަތަށް ފައިދާ ހުރި ދިރިއުޅުމާއި މަގުމަތީގެ ސަލާމަތާ ބެހޭގޮތުން އާންމު ހޭލުންތެރިކަން އިތުރުކުރުމަށް މުހިންމު މަޢުލޫމާތު ހިއްސާކުރެއްވިއެވެ.
  • ސިއްހީ ލަފާ: މޯލްޑިވްސް ހާފް މެރަތަން ޓީމާ ގުޅިގެން، ފައިނަލް އިވެންޓަށް ބައިވެރިން އެކަށީގެންވާ ގޮތެއްގައި ތައްޔާރުވުމަށް އެހީތެރިވުމަށް ރާވައިގެން ދުވުންތެރިންނަށް އަމާޒުކޮށްގެން ސިއްހީ ލަފާ ޓްރީ ޓޮޕް ހޮސްޕިޓަލްއިން ފޯރުކޮށްދިނެވެ.
  • އިވެންޓް ދުވަހު މެޑިކަލް ޚިދުމަތްތައް: ޓީޓީއެޗްއިން އިވެންޓްގެ މުޅި މުއްދަތުގައި ދުވުންތެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޚާއްސަ މައިދާނީ މެޑިކަލް އެހީތެރިކަން ފޯރުކޮށްދިނެވެ.

"ޓްރީ ޓޮޕް ހޮސްޕިޓަލުން މިފަދަ އިވެންޓެއްގައި ބައިވެރިވުމުގެ މައިގަނޑު މަގްސަދަކީ ސިއްހީ ހޭލުންތެރިކަން އިތުރުކުރުމާއި، ކުޅިވަރުގެ ދާއިރާގައި ކުއްލި ހާލަތްތަކަށް ތައްޔާރުވެ ތިބުމުގެ މުހިންމުކަން ފާހަގަކުރުމެވެ. މިއީ ހޮސްޕިޓަލުގެ އިޖްތިމާއީ ޒިންމާގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތެވެ." ޓްރީ ޓޮޕްގެ ބަޔާނުގައިވެއެވެ.

"ޓްރީ ޓޮޕް ހޮސްޕިޓަލަކީ ދިވެހިރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލްއެކެވެ. މި ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އައު އުސޫލުތަކާއި ޚިދުމަތްތައް ތަޢާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ޤައުމުތަކަށް ޞިއްޙީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި، ޞިއްޙީ ޚިދުމަތުގެ ޚަރަދުތައް ކުޑަކުރުމެވެ. އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި ފުރިހަމަ ލެބޯޓަރީ ޚިދުމަތްތަކާއި އެކު، ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ޑޮކްޓަރުންގެ އަމާޒަކީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ޞިއްޙީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *