Support Us

ބޮޑެތި އިނާމުތަކާއެކު އެސްޓީއޯ މެގަ ސޭލްސް ޕްރޮމޯޝަން

ބޮޑެތި އިނާމުތަކާއެކު، އެސްޓީއޯ ޕީޕަލްސް ޗޮއިސުން "މެގަ ސޭލް ޕްރޮމޯޝަން" މިއަދު ފަށައިފިއެވެ.

އެސްޓީއޯ އިން ބުނީ މެގަ ސޭލް ޕްރޮމޯޝަންގެ ދަށުން ތަފާތު ދެ ކެމްޕެއިނެއް ކުރިއަށްދާ ކަމަށެވެ. އެގޮތުން އެސްޓީއޯ ޕީޕަލްސް ޗޮއިސުން 500ރ. އަށް ވުރެ މަތިން ވިޔަފާރި ކުރާ ކޮންމެ ކަސްޓަމަރަކަށް ލަކީ ޑްރޯއެއްގައި ބައިވެރިވުމަށް ކޫޕަނެއް ލިބޭނެ ކަމަށެވެ. ލަކީ ޑްރޯގެ ގުރުއަތުން ތިން ނަސީބުވެރިން ހޮވައި އަގުހުރި އިނާމު ތަކެއް ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އިނާމުތަކުގެ ތެރޭގައި:

1 ވަނަ- ފިލިޕްސް 50 އިންޗިގެ ޓީވީ އަކާއި ހިޓާޗީ މައިކްރޯވޭވެއް އަދި ހިޓާޗީ ބްރޭންޑްގެ އައިސްއަލަމާރިއެއް

2 ވަނަ- ހިޓާޗީ ވޯޓަރ ޑިސްޕެންސަރ، ދޮންނަމެޝިން އަދި ހިޓާޗީގެ ފަންކާއެއް

3 ވަނަ- ހިޓާޗީ ޑިޝް ވޮޝަރ އަދި ރައިސް ކުކަރެއް

މީގެ އިތުރުން މި ޕްރޮމޯޝަންގެ ދަށުން ސޯޝަލް މީޑިއާގައިވެސް ހާއްސަ ކެމްޕެއިންތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެ ގޮތުން، އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ސޯޝަލް މީޑިއާ ޕޭޖް ތަކަށް ފޮލޯ ކުރުމަށް ފަހު، ޕްރޮމޯޝަން މުއްދަތުގައި އަޕްލޯޑް ކުރާ ފޮޓޯތަކުން ފެންނަ ޕްރޮޑަކްޓް ދިމާކޮށްގެން ކޮންމެ ހަފްތާއަކުވެސް ނަސީބުވެރިއަކަށް ގިފްޓް ހެމްޕަރއެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ހަމަ އެއާއެކު މެގަ ސޭލް ދަށުން ވިއްކާ ޕްރޮޑަކްޓްތައް ގަނެ، އެސްޓީއޯ ޕީޕަލްސް ޗޮއިސް ހޭޝްޓެގް #stopeopleschoice ނުވަތަ މެގަ ސޭލަށް ހާއްސަ ކުރެވިފައިވާ ހޭޝްޓެގް #MegaSalePC އާއެކު ޕްރޯޑަކްޓްތަކުގެ ފޮޓޯ އަޕްލޯޑް ކޮށްގެން ފިލިޕްސް އެއަރ ފަރަޔަރ އެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އޮކްޓޯބަރު 20ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގެ ދަށުން ޕީޕަލްސް ޗޮއިސުން ވިއްކާ ގިނަ ޕްރޮޑަކްޓް ތަކަކުން %35 އާ ހަމައަށް ޑިސްކައުންޓް ލިބިގެންދާނެ ކަމަށް ވެސް އެސް.ޓީ.އޯ އިން ބުނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *