Support Us

ހުޅުމާލެ ބޮންޑެޑް ވެއާހައުސްތަކަށް ދައްކަންޖެހޭ ކުއްޔަށް ބަދަލު ގެންނަނީ

ހުޅުމާލެ ބޮންޑެޑް ވެއާހައުސްތަކަށް ދައްކަންޖެހޭ ކުއްޔަށް އަންނަ މަހު 15 ވަނަ ދުވަހުން ފެށިގެން ބަދަލު ގެންނަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ނިންމައިފިއެވެ.

އެމްޕީއެލުން މިއަދު ބުނި ގޮތުގައި ހުޅުމާލެ ބޮންޑެޑް ވެއާހައުސްތަކުން ކޮންޓެއިނަރުތަކަށް ސްޓޭކިން އޮޕްޝަންތަކާއެކު 20 ފޫޓުގެ ކޮންޓެއިނަރެއްގެ މަހު ކުއްޔަށް ޖީއެސްޓީއާއެކު ދައްކަންޖެހޭނީ 1,134 ޑޮލަރެވެ. އަދި ސްޓޭކިން އޮޕްޝަންތަކާއެކު 40 ފޫޓުގެ ކޮންޓެއިނަރެއްގެ މަހު ކުއްޔަށް ޖީއެސްޓީއާއެކު ދައްކަން ޖެހޭނީ 2,268 ޑޮލަރެވެ.

އެމްޕީއެލުން ބުނީ އެ ކުންފުނިން ހިދުމަތް ފޯރުކޮށްދެނީ ކަސްޓަމަރުންގެ މުދަލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ގޮތުން 24 ގަޑިއިރުގެ ސެކިއުރިޓީއާއެކުގައި ކަމަށެވެ. އަދި އެ ސަރަހައްދުގައި ކަސްޓަމްސްގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކަސްޓަމްސްގެ ފެސިލިޓީއެއް ވެސް ގާއިމުކޮށްފައިވާނެ ކަމަށް އެމްޕީއެލުން ބުންޏެވެ.

ބޮންޑެޑް ވެއާހައުސް ސަރަހައްދުން މުދާ ލޯޑުކުރުމާއި އަންލޯޑް ކުރުމަށް، ވަކި ކީވޯލެއް ކަނޑައަޅައިފައިވާނެ ކަމަށާއި އެ ސަރަހައްދުގެ މެއިންޓަނަންސްގެ މަސައްކަތްވެސް އެމްޕީއެލުން ގަވައިދުން ކުރަމުންދާއިރު، ދެމެހެއްޓެނިވި ގޮތެއްގައި ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު ހިދުމަތެއް ދިނުމަށް އެ ކުންފުނިން ބޮޑު ހޭދައެއް ކުރަންޖެހޭ ކަމަށް ވެސް އެމްޕީއެލުން ބުންޏެވެ.

މިހާރު ކަސްޓަމަރުން އަމިއްލައަށް ކުނި އުކާލަން ޖެހުނު ނަމަވެސް، އޯގަސްޓް މަހުގެ 15 އިން ފެށިގެން ވޭސްޓް ޑިސްޕޯސަލްގެ ހިދުމަތްވެސް ބޮންޑް ވެއާހައުސްގެ ކަސްޓަމަރުންނަށް އެމްޕީއެލުން ފޯރުކޮށްދޭނެ ކަމަށް އެމްޕީއެލުން ބުނެއެވެ.

އެމްޕީއެލުން އަދި ބުނީ ހުޅުމާލެ ބޮންޑެޑް ވެއާހައުސްގެ ކުލިތަކަށް ގެނައި ބަދަލުތަކާ ގުޅިގެން، އާންމު މުދަލުގެ އަގުތަކަށް ބާޒާރުގައި އަސަރުކުރާނެ އެއްވެސް ސަބަބެއް ނެތްކަން ފާހަގަކުރާ ކަމަށެވެ. މިގޮތުން ހުޅުމާލެ ބޮންޑެޑް ވެއާހައުސް އޭރިއާ 1، 2 އަދި 3ގައި ބޮންޑް ކުރަނީ ޓޫރިސްޓް ރިސޯޓްތަކަށް ގެންނަ ބަނގުރަލާއި އޫރު މަހުގެ ބާވަތްތައްކަން އެމްޕީއެލުން ފާހަގަކުރެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *