އއ. ހިމަންދޫގައި އެމް.ޑަބްލިޔު.އެސް.ސީން ކުރިއަށް ގެންދިޔަ 65.83 މިލިއަން ރުފިޔާގެ ފެނާއި ނަރުދަމާގެ ނިޒާމް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިފްތިތާޙްކޮށްދެއްވައިފިއެވެ.
މި މަޝްރޫޢުގެ ދަށުން، ހިމަންދޫގައި ފެން ޕްލާންޓް ފެސިލިޓީ ބިލްޑިން ޤާއިމްކޮށް، ފެނާއި ނަރުދަމާ ހޮޅީގެ މައި ނެޓްވޯކާއި، ސީ އައުޓް ފޯލް އަދި ރިޖެކްޓް ލައިން ވަނީ އަޅައިފައެވެ. މީގެ އިތުރުން، ފެން ރައްކައުކުރުމަށް ތާނގި ބަހައްޓައި، ބޯހޯލް ތޮރުފައި، ނަރުދަމާގެ ޕަންޕިން ސްޓޭޝަންތައް ވެސް ވަނީ ޤާއިމްކޮށްފައެވެ. އަދި ގޭގެގައި ޖަންކްޝަން ބަހައްޓައި، ފެނާއި ނަރުދަމާގެ ކަނެކްޝަން ވަނީ ގުޅައިދީފައެވެ. އަދި ހަމަ މިއާއެކު، ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ވެހިކަލް ވެސް ވަނީ ފޯރުކޮށްދީފައެވެ.
ހިމަންދޫގެ ފެނާއި ނަރުދަމާ މަޝްރޫޢަކީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމް.ޑަބްލިޔު.އެސް.ސީއާ ހަވާލުކޮށްގެން ކުރިޔަށްގެންދިޔަ މަޝްރޫއެކެވެ.



advertisment

