Support Us

ކޭސިއޯ ގަޑި: ހަމައެކަނި މުއްސަނދިވަންތަކަމެއް ނޫން، ހަޔާތަށް ވެސް މަގެއް

ޖަޕާންގެ ކުންފުންޏަކަށް ނިސްބަތްވާ ކޭސިއޯ ގަޑިއަކީ ހަމައެކަނި މުއްސަނދިވަންތަކަމަށް އަމާޒުކޮށް ތަރައްގީ ކުރި ގަޑިއެއް ނޫނެވެ. ނަމަވެސް އެއީ މުޅި ހަޔާތަށް ފަސޭހައަކަށް ތަރައްގީ ކޮށްފައިވާ އާލާތެކެވެ.

އެހެން މީހުން ތަކެތި ތައްޔާރު ކުރަނީ މަގާމާއި ވައްޓަފާޅިއަށް ބިނާކޮށްގެން ކަމަށް ވިޔަސް، ކޭސިއޯގެ ފައުންޑަރު ޓަޑާއޯ ކަޝިއޯގެ ތަސައްވުރު ތަފާތެވެ.

އުމުރުން 75 ގައި 1993 ގައި މަރުވި ޓަޑާއޯގެ އުމުރުން 14 އަހަރުގައި "ލޭތް" މަސައްކަތް ދަސްކުރާ ކުއްޖެއްގެ ވަޒީފާ ލިބުނެވެ. ލޭތް މަސައްކަތަކީ، ލިޔެލާ ޖަހައިހެން، ލަކުޑި އާއި ތަފާތު މައުދަންތައް އެކި މަސައްކަތްތަކަށް ބޭނުން ކުރެވޭ ބީދައިން މެޝިނެއްގެ އެހީގައި، ތަފާތު މަސައްކަތްތައް ކުރުމަށް އާލާތްތައް ތައްޔާރު ކުރުމެވެ.

ކުރެހުންތެރިކަމާއި އާރްކާޓީކަމުން ޑިޕްލޮމާ ފެންވަރުގައި ދަސްވެނި ވުމަށް ފަހު 1946 ގައި ކަޝިއޯ ސައިސަކުޖޯ ނަމަކަށް ކިޔާ ކުންފުންޏެއް އުފެއްދިއެވެ. ވެރިރަށް ޓޯކިޔޯގައި ގާއިމުކުރި އެ ކުންފުންޏަކީ މައިކްރޮސްކޯޕާއި ތަފާތު ގިޔަރުގެ ބާވަތްތައް އުފައްދާ، ފެކްޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރި ކުޑަ ސަބްކޮންޓްރެކްޓަރެކެވެ.

ވިޔަފާރި ވައިގައި ހިފީ ޓަޑާއޯގެ ހަގު ބެއިން ކަމަށްވާ ތޮޝިއޯ އާއި ކެޒުއޯ އަދި ޔުކިއޯގެ އެހީއާއެކު "ޔުބިވާ ޕައިޕް" ހޮޅި އީޖާދުކޮށް، އާއްމު ބާޒާރަށް ފުޅާ ދާއިރާއެއްގައި ވިއްކަން ފެށުމުންނެވެ. ޔުބިވާ ހޮޅިއަކީ ސިނގިރެޓްގެ ބަޓާ ހިސާބަށް އަނދަން ދެން ދުން ބޯ މީހާގެ އިނގިލީގައި އަލިފާން ނުޖެހޭ ވަރަށް އެ ސިނގިރެޓް ހުލިވަންދެން ހިފަހައްޓައިދޭ ހޮޅިކޮޅެކެވެ. މިއީ ދެ ވަނަ ބޮޑު ހަނގުރާމައަށް ފަހު ޖަޕާންގެ މީހުންގެ މެދުގައި އޮތް ސަގާފަތެކެވެ.

މި އުފެއްދުމާ ގުޅިގެން، މުޅިން ކަރަންޓުން އޮޕަރޭޓް ކުރާ ކަލްކިއުލޭޓަރެއް ތަރައްގީ ކުރުމަށް ތިން ބެއިން ވެގެން ޝައުގުވެރިކަމާއެކު އަމާޒު ހިފި މަޝްރޫއަށް އެންމެ ފުރަތަމަ އަރަނި އަދި ފައިސާ ހޯދުމަށް މަގުފަހިވިއެވެ. ދުނިޔެ ގުޑުވައިލި، މި އަތަށް ހެޔޮވަރު ކަލްކިއުލޭޓަރު މާކެޓްކޮށް، ވިއްކުމަށް ޖޫން 1957 ގައި ރަސްމީ ގޮތުން ގާއިމުކުރި ކެސިއޯ ކޮމްޕިއުޓަރު ކޮމްޕެނީ ލިމިޓެޑް ކުންފުންޏަކީ، ކަޝިއޯ ސައިސަކުޖޯ ކުންފުނީގެ މަސްދަރުން އުފެދުނު ކުންފުންޏެކެވެ.

އެހެން މީހުން އިޖުތިމާއީ މަގާމާއި ވައްޓަފާޅި ފަހަމުން ދިޔަ އިރު ޓަޑާއޯގެ ތަސައްވުރު ތަފާތެވެ: ހަގީގަތާ އެއް ގޮތަށް ހަގީގީ ދިރިއުޅުމައިގެން ކުރިއަށް ދާ މީހުންނަށް ގަޑިއެއް އުފައްދައިދިނުމެވެ – ބޭރު ފުށުގެ ރީތިކަމަކަށް ނޫނެވެ. ނަމަވެސް ވަކި ލަނޑުދަނޑިއަކަށް އަމާޒުކޮށްފައެވެ.

އޭނާ ބޭނުންވީ ވަރުގަދަ، އިތުބާރު ހިފޭ އަދި އަތްފޯރުފަށުގައި ގަނެލެވޭނެ އެއްޗެކެވެ. ދަރިވަރުންނާއި މަސައްކަތްތެރިންނާއި ސައިންސްވެރިންނާއި އަދި ހުވަފެން ދެކޭ މީހުންނަށެވެ. ހަޔާތުގެ އަޑިގަނޑަކަށް ވެއްޓުނަސް އަލުން އަރައިގަތުމަށް އެހީއަކަށް ވެވޭނެ އާލާތެކެވެ. ހަމައެކަނި ވަގުތުގެ ހިނގުން އަންގައިދޭ ގަޑިއެއް ނޫނެވެ. ނަމަވެސް ތިބާއާއެކު ކޮންމެ ގޮންޖެހުމެއްގައި ގާތުގައި ހުންނާނެ ފަދަ އެކުވެރިއެކެވެ.

ކެސިއޯގެ ރޫހު ފެށުނީ މި ހިސާބުންނެވެ. ރަނާއި އަލިމަސްތަކަކުން ނޫނެވެ. ނަމަވެސް ނަޒާހަތްތެރިކަމާއި ބޭނުން ހިފުމުގެ ގާބިލުކަމާއި އަދި އިތުބާރު ކުރުމުގެ ރޫހު އެކުލެވޭ، ވަގުތު އަންގައިދޭ އާލާތެކެވެ.

ހަޔާތުގެ އެންމެ މުހިންމު ހިނދުކޮޅުތަކުގައި ކެސިއޯ ވެގެން ދިޔައީ ހަމަހިމޭން އެކުވެރިއެއް ފަދައިންނެވެ؛ އިމްތިހާންތަކާއި ވަޒީފާއަށް ކިޔާ އިންޓަވިޔުތަކާއި "އެޑްވެންޗާ" ނުވަތަ ޖެހިލުން ކުޑަ، ބިރު ކުޑަ، އާދަޔާ ހިލާފު އަދި ހެސްކިޔާފައި މަޖާ ތަޖުރިބާތަކާއި އަދި ހަޔާތުގެ އާ ބާބުތައް އުކުމުގެ ބައިވެރިއަކަށެވެ. އިޖުތިމާއީ ދަރަޖަ ދައްކުވައިދޭ ނިޝާނެއް ނޫނެވެ. ނަމަވެސް ތައްޔާރަށް އަބަދު ހުރުމާއި ކެތްތެރިކަމާއި އަދި ޝައުގުވެރިކަމާއެކު ކުރިއަށްދާ ކަމުގެ ރަމްޒެކެވެ.

ކެސިއޯއިން ބުނަނީ "އަހަރެންނާ ދިމާއަށް ބަލާށެ"ކޭ ނޫނެވެ؛ އެ ބްރޭންޑުން ބުނަނީ "އަހަރެންނާއެކު ހިނގާށޭ"އެވެ.

"ޓައިމްލެސް" ނުވަތަ ވަގުތު އަބަދުވެސް ވާކަން ދައްކައިދޭ ނަމަކަށް ކެސިއޯ ވީ މިހެންވެއެވެ. ސަބަބަކީ ވަކި ވިސްނުމަކާއި ގަބޫލުކުރާ ކުރުންތަކަކާއެކު ތަރައްގީ ކުރާ އެއްޗެހި ދިގުދެމިގެންދެއެވެ.

ކެސިއޯ ގަޑިއެއްގެ ކޮންމެ ވިންދެއް ޖަހައިލުމުން ތިބާއަށް ހަނދާން ކޮށްދެއެވެ: "ކޮންމެ ކަމަކަށް ވެސް އަހަރެން ތައްޔާރެ"ވެ.

ރަނގަޅު ގަޑިއަކީ ތިބާ ފަހަތަށް ޖައްސާނެ އެއްޗެއް ނޫނެވެ. އެއީ ތިބާ ކުރިއަށް ދުއްވާނެ އެއްޗެކެވެ.

"ވަގުތަކީ އަގުބޮޑު އެއްޗެކެވެ. އެ އަށް ބޭނުންވަނީ އެއަށް އިހްތިރާމް ދެވޭނެ ފަދަ ގަޑިއެކެވެ." ޓަޑާއޯގެ ތަރިކައިގެ އިލްހާމަކީ މި ޝިޔާރެވެ.

ކެސިއޯ ބްރޭންޑްގެ ތާރީހުގެ ފަތިފުށް ހާމަވެގެން ދަނީ ހަމައެކަނި ޓަޑާއޯ ކެސިއޯ ބްރޭންޑް ލޯންޗުކުރި ބާނީއަށްވުމާ ހިސާބަކުން ނޫނެވެ. ސަބަބަކީ އެ ކުންފުނިން އުފެއްދި ކަލްކިއުލޭޓަރާއި ގަޑިތަކަކީ އޭނާގެ ކޮއްކޮ ކަޝިއޯ ތޮޝިއޯ (ފޮޓޯގެ ވާތްފަރާތުގައި ކަޝިއޯ އޭނާގެ ތިން ބެއިންނާއެކު)ގެ އީޖާދު ކުރި އާލާތްތަކެވެ. ކެސިއޯގެ މައިގަނޑު ވިޔަފާރިތަކުގެ ބިންގަލަކަށްވި ޓެކްނޮލޮޖީތައް ތަރައްގީ ކުރީ ކަޝިއޯއެވެ.

ކަޝިއޯއަކީ 1974 ގައި ކެސިއޮޓްރޮން އުފެއްދި މީހާ ވެސް މެއެވެ. މިއީ އޮޓޮމެޓިކް ކަލަންޑަރެއް ހިމެނޭ ގޮތަށް ދުނިޔޭގައި ފުރަތަމަ ފަހަރަށް ހެދި ޑިޖިޓަލް ގަޑިތަކުގެ ތެރެއިން ގަޑިއެކެވެ.

  • ތަރުޖަމާއެއް