Support Us

ޓްރީ ޓޮޕް ހޮސްޕިޓަލުގެ މި އަހަރުގެ ތިން ވަނަ ހެލްތް ކޭމްޕް ދިއްދޫގައި

ޓްރީ ޓޮޕް ހޮސްޕިޓަލުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މި އަހަރު ބާއްވާ ތިން ވަނަ ހެލްތް ކޭމްޕް، ހއ. ދިއްދޫގައި ބޭއްވުމަށް ނިންމައިފިއެވެ.

މި މަހުގެ 15 އިން 16 އަށް ދިއްދޫ އަތޮޅު ހޮސްޕިޓަލުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ކޭމްޕަކީ ދިއްދޫ އަދި ކައިރި ރަށްތަކާއި ރިސޯޓްތަކުގައި ދިރިއުޅޭ މީހުންނަށް މަތީ ފެންވަރުގެ ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ބާއްވާ ކޭމްޕެއް ކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެއެވެ.

މި ހެލްތް ކޭމްޕްގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ހާއްސަ ޓީމެއް ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ބައިވެރިވާ ޑޮކްޓަރުންނަކީ:

  • ޑރ. މޫސާ މަނިކު އިބްރާހިމް، ހިތުގެ ބަލިތަކުގެ ކޮންސަލްޓަންޓް
  • ޑރ. މުހައްމަދު ހަބީބު، ކަށީގެ ބަލިތަކުގެ ކޮންސަލްޓަންޓް
  • ޑރ. އަލީ މުޒުނީ، ކަށީގެ ބަލިތަކުގެ ކޮންސަލްޓަންޓް
  • ޑރ. ރާޖޭޝް ވާލަންދް، ކަރުން މަތީގެ ބަލިތަކުގެ ކޮންސަލްޓަންޓް
  • ރީބާ މޭރީ ތޮމިޗިއަން، ކާބޯތަކެތީގެ މާހިރު
  • ޑރ. ތެހްޒީބް ފާރުޤީ، ފުއްޕާމޭގެ ބަލިތަކުގެ ކޮންސަލްޓަންޓް
  • ޑރ. ޕްރީތީ ސޮލޮމޮން، އަންހެނުންގެ ޚާއްޞަ ބަލިތަކުގެ ކޮންސަލްޓަންޓް

ޓްރީ ޓޮޕް ހޮސްޕިޓަލުން މިއަހަރުގެ އޭޕްރިލް އަދި މެއި މަހުގައި ތ. ވޭމަންޑޫ އަދި ދ. ކުޑަހުވަދޫގައި ވަނީ ހެލްތް ކޭމްޕް ބާއްވައިފައެވެ. އަދި މިދިޔަ އަހަރު ގއ. ވިލިނގިލި، ގދ. ތިނަދޫ އަދި ލ. ގަމުގައިވެސް މިފަދަ ހެލްތް ކޭމްޕުތައް ވަނީ ބާއްވައިއެވެ. މިހާތަނަށް ބޭއްވުނު ހެލްތް ކޭމްޕްތަކުގައި 3،500 އަށްވުރެ ގިނަ ބަލިމީހުން ވަނީ ޑޮކްޓަރަށް ދައްކައި ޚިދުމަތް ހޯދައިފައެވެ.

"މި ހެލްތް ކޭމްޕްތަކަކީ ޓްރީ ޓޮޕް ހޮސްޕިޓަލުގެ އިޖްތިމާޢީ ޒިންމާގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް މަތީ ފެންވަރުގެ ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމާއި، ސިއްޙީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ޤާބިލުކަން އިތުރުކުރުމެވެ." ޓްރީ ޓޮޕް ހޮސްޕިޓަލުގެ ބަޔާނެއްގައި ވެއެވެ.

"ކޭމްޕްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް 10 އޮގަސްޓް ވަނަ ދުވަހުގެ 3:00 ގެ ފަހުން ހއ. އަތޮޅު ހޮސްޕިޓަލުގެ ނަންބަރު 6500093 އަށް ގުޅައިގެން ނަން ނޯޓުކުރެވޭނެއެވެ."

މި ހެލްތް ކޭމްޕް އިންތިޒާމުކޮށް ކުރިޔަށް ގެންދިއުމުގައި ހއ. އަތޮޅު ހޮސްޕިޓަލާއި ހއ. އަތޮޅު ކައުންސިލް އިދާރާއިން ދޭ އެހީތެރިކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ޝުކުރު އަދާކުރެއެވެ.

"ޓްރީ ޓޮޕް ހޮސްޕިޓަލަކީ ދިވެހިރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލްއެކެވެ. މި ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އައު އުސޫލުތަކާއި ޚިދުމަތްތައް ތަޢާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ޤައުމުތަކަށް ޞިއްޙީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި، ޞިއްޙީ ޚިދުމަތުގެ ޚަރަދުތައް ކުޑަކުރުމެވެ. އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި ފުރިހަމަ ލެބޯޓަރީ ޚިދުމަތްތަކާއި އެކު، ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ޑޮކްޓަރުންގެ އަމާޒަކީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ޞިއްޙީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *