Support Us

މިނިވަން 60 އާ ގުޅުވައި ހުޅުމާލޭގައި 60 ރުއް އިންދައިފި

މިނިވަންކަމަށް 60 އަހަރު ފުރުމާ ގުޅިގެން، ހުޅުމާލޭގައި 60 ރުއް އިންދައިފިއެވެ.

ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމަށް އެއްބާރުލުން ދިނުމުގެ ގޮތުން، މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއާ އާއި، އެޗްޑީސީ ގުޅިގެންނެވެ. މި ރުއްތައް އިންދައިފައި ވަނީ ހުޅުމާލޭ ފޭސް ދޭއްގެ ޗެނަލް ޕާކާ އިންވެގެން އޮންނަ ބީޗް ސަރަހައްދުގައެވެ.

މިއަދު ކުރިއަށް ކުރިއަށްގެންދިޔަ ރުއް އިންދުމުގެ ހަރަކާތުގައި މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ، ޑރ. މަރިޔަމް މާރިޔާ އާއި މިނިސްޓްރީ އޮފް ދިވެހި ލޭންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް އަދި މިނިސްޓްރީ އޮފް ޓޫރިޒަމް އާއި އެޗްޑީސީގެ އިސްވެރިންނާއި މުވައްޒަފުންގެ އިތުރުން މާލެއާއި ހުޅުމާލޭގެ ސްކޫލުތަކުން ބައިވެރިވެ، ވަނީ ރުއް އިންދައިފައެވެ.

ފަސް މިލިއަން ގަސް އިންދުމުގެ ރިޔާސީ ވައުދުފުޅުގައި ބައިވެރިވެ، އެ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން އެޗްޑީސީގެ ފަރާތުން ޖުމްލަ އެއް މިލިއަން ގަސް އިންދުމަށް ނިންމައި މިދިޔަ އަހަރު ވަނީ ޕްލެޖުގައި ސޮއިކޮށްފައެވެ. އަދި އެ ޕްރޮގްރާމަށް ބޭނުންވާ ގަސް ހެއްދުމަށްޓަކައި އެޗްޑީސީން ވަނީ ލ. ގަމުގައި އެއްލައްކަ އަކަފޫޓުގެ ނާސަރީއެއް ގާއިމްކުރުމަށްވެސް ނިންމާފައެވެ. އެގޮތުން، ހުޅުމާލޭގެ އިތުރުން އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ ރަސްމާލެއާއި، ކުޑަގިރި، ތިލަފުށި އަދި ގުޅީފަޅުގައި އިންދާ ގަސްތައް ހެއްދުމަށް މި ނާސަރީ ބޭނުންކުރާނެއެވެ.

"މި ޕްރޮގްރާމާއެކު ހުޅުމާލެ ހިމެނޭހެން އެޗްޑީސީގެ ބެލުމުގެ ދަށުގައި އޮތް ރަށްތައް ފެހިކުރުމަށް މި ކޯޕަރޭޝަނުން ހިފައިފައިވާ އަމާޒަށް ވާސިލުމަށްވެސް މަގުފަހިވާނެއެވެ. އެޗްޑީސީގެ އަމާޒަކީ، މި ކޯޕަރޭޝަންގެ ދަށުގައި އޮތް ހުރިހާ ރަށްތަކަކީވެސް ހިތްފަސޭހަ، ފެހި މާހައުލަކަށް ހެދުމެވެ." އެޗްޑީސީން ބުންޏެވެ.

 

 

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *