Support Us

ހުޅުމާލޭގައި 10 ހާސް ޓަނުގެ ފެން ޕްލާންޓް ބެހެއްޓުމުގެ މަސައްކަތް ފަށައިފި

މާލޭ ސަރަޙައްދުގެ ފެނުގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް އެމް.ޑަބްލިޔު.އެސް.ސީން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން، ދުވާލަކު 10 ހާސް ޓަނުގެ ފެން އުފެއްދުމަށް ބޭނުންވާ ޢިމާރާތުގެ އަމަލީ މަސައްކަތް ހުޅުމާލޭގައި ފަށައިފިއެވެ.

އެމް.ޑަބްލިޔު.އެސް.ސީގެ ހުޅުމާލޭގެ އޮޕަރޭޝަން ސެންޓަރުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، ޢިމާރާތުގެ ފައުންޑޭޝަން ކޮންކްރީޓް އެޅުމުގެ މަސައްކަތް ފައްޓަވައިދެއްވީ އެމް.ޑަބްލިޔު.އެސް.ސީ އަށް 29 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކޮށްދެއްވައިފައިވާ 10 މުވައްޒަފުންނާއި މެނޭޖިން ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދާއި، ކުންފުނީގެ ޗެއަރ ޕާސަން ޝަމްހޫޒާ އަޙްމަދު އަދި ބޯޑު މެންބަރުންނެވެ.

މި ޢިމާރާތުގެ މަސައްކަތް ނިންމުމަށް އަމާޒުކޮށްފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށެވެ. މި ޢިމާރާތުގެ މަސައްކަތް ނިމުމާއެކު، ދުވާލަކު 5،000 ޓަނުގެ ފެން އުފެއްދޭ ދެ އާރް.އޯ ޕްލާންޓް މި ޢިމާރާތުގައި ބެހެއްޓުމުގެ މަސައްކަތް ފެށޭނެ ކަމަށް އެމް.ޑަބްލިޔު.އެސް.ސީން ބުނެއެވެ. 

"މި އާރް.އޯ ފެސިލިޓީ އަކީ މާލެ އާއި ހުޅުމާލޭގެ ފެނުގެ ޚިދުމަތުގެ ކަށަވަރުކަން އިތުރުކުރުމަށް ކުރިއަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. އެމް.ޑަބްލިޔު.އެސް.ސީގެ އަމާޒަކީ މެދުކެނޑުމެއް ނެތި، ދެމެހެއްޓެނިވި ގޮތެއްގައި ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ޚިދުމަތް އެންމެހައި ރައްޔިތުނަށް ފޯރުކޮށްދިނުމެވެ." އެމް.ޑަބްލިޔު.އެސް.ސީގެ ބަޔާނެއްގައި ވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *