ބޮޑެތި އިނާމްތަކާއެކު އެސްޓީއޯ ބެކްޓުސްކޫލް ޕްރޮމޯޝަން ފަށައިފި އެވެ.
ބުދަ ދުވަހު ފެށި މި ޕްރޮމޯޝަންގެ ދަށުން ސްކޫލް ކުދިންގެ އިންޓަވަލަށް ބޭނުން ކުރެވޭނެ ގިނަ ޕްރޮޑަކްޓްތަކެއް ވަރަށް ހެޔޮ އަގެއްގައި ލިބެން ހުންނާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ. އެގޮތުން، އާއްމުންނާއި ކުޑަކުދިންގެ ތެރޭގައި މަޝްހޫރު ޑެވޮންޑޭލް ކިރު ޕެކެޓް އަދި ކްރޫގަރ ބްރޭންޑްގެ ހުރިހާ އުފެއްދުމެއްވެސް ލިބެން ހުންނާނެއެވެ.
ޑެވޮންޑޭލް އަކީ އޭގައި ގިނަ އަދަދަކަށް ޕްރޮޓީން އެކުލެވޭ، ހަށިގަނޑަށް ފައިދާ ހުރި ބްރޭންޑެކެވެ. މީގެ އިތުރުން، ކުއިކްބެރީ އަދި ނަބާޓި ބެރޭންޑުގެ އެކި ރަހަތަކުގެ ބިސްކޯދު ފަދަ ކުޑަކުދިން ގަޔާވާ ޕްރޮޑަކްޓް ތަކެއް ލިބެން ހުންނާނެއެވެ.
ކުއިކްބެރީ ބެރޭންޑުގެ "ޝުގަރ ފްރީ" ބިސްކޯދަކީ ކުޑަކުދިންގެ އިތުރުން ބޮޑެތި މީހުންނަށްވެސް ކަމުދާނެ ގޮތަށް ތައްޔާރު ކޮށްފައިވާ އުފެއްދުމެކެވެ.
މި ޕްރޮމޯޝަންގެ ދަށުން، މި ބްރޭންޑްތަކުން 100ރ. އަށް ވުރެ ގިނައިން ވިޔަފާރި ކުރާ ކޮންމެ މީހަކަށް ކޫޕަނެއް ލިބޭނެއެވެ. ކޫޕަންގެ ގުރުއަތު ނެގުން އޮންނާނީ އަންނަ ސެޕްޓެމްބަރުގެ ހަތެއްގައި ޕްރޮމޯޝަން ނިމުމަށް ފަހުގައެވެ. ގުރުއަތުން ހޮވޭ ތިން މީހަކަށް، ކުޑަކުދިންގެ ތެރޭގައި މަގުބޫލު "ޕީކަބޫ" ފިހާރައިގެ އަގުހުރި ތިން ގިފްޓް ވައުޗަރ ލިބޭނެއެވެ. އެގޮތުން އެއް ވަނަ އަށް ހޮވޭ މީހަކަށް 5000ރ.، ދެ ވަނައަށް ހޮވޭ މީހަކަށް 2500ރ. އަދި ތިން ވަނައަށް ހޮވޭ ނަސީބުވެރިއަކަށް 1،500ރ. ގެ ވައުޗަރެއް ލިބޭނެއެވެ.
މީގެ އިތުރުން މި ޕްރޮމޯޝަންގެ ދަށުން އިންޓަވަލް ފުޅި ފަދަ ސްކޫލް ކުދިންނަށް ބޭނުންވާ މުހިއްމު ގިނަ ސާމާނަކުން ބޮޑު ޑިސްކައުންޓްތަކެއްވެސް ލިބޭނެއެވެ. ހަމަ އެއާއެކު ދެ ޕްރޮޑަކްޓެއް ގަތުމުން ހިލޭ އެކަތި ލިބުމުގެ ފުރުސަތުވެސް މި ޕްރޮމޯޝަންގެ ދަށުން ލިބޭނެއެވެ.



advertisment


One Response
އާނ ވަރަށް ފައްކަލޭ ބުނެލެވޭނީ ތި ޕްރޮމޯޝަން އިނގޭ! މި ކަހަލަ ޕްރޮމޯޝަން ތައް ހަމަ ގިނަ ގިނައިން ބާއްވަން ވީ އޭ ބުނެލެވޭނީ އިނގޭ!