Support Us

މޯލްޑިވިއަންގެ ބޯޓުތަކުގައި ތާނައިން "ދިވެހިރާއްޖެ" ލިޔަން ފަށައިފި

މޯލްޑިވިއަން އެއާލައިންގެ ބޯޓުތަކުގައި ތާނައިން "ދިވެހިރާއްޖެ" ލިޔަން ފަށައިފި އެވެ.

ގައުމީ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަނުން ބުނީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި، ބޯޓުތަކުގައި "ދިވެހިރާއްޖެ" ނަން ލިޔަން ފަށައިފައިވާ ކަމަށެވެ. ރާއްޖޭގެ ނަން ތާނައިން ލިޔެފައި ހުރީ މޯލްޑިވިއަންގެ ބޯޓުތަކުގެ ބޭރުގައި ޖަހައިފައި ދިވެހި ގައުމީ ދިދައިގެ ތިރީގަ އެވެ.

މޯލްޑިވިއަންގެ ބޯޓުތަކުގައި "ދިވެހިރާއްޖެ" ޖެހި ނަމަވެސް އެއާލައިންގެ ނަން ޖަހައިފައި އޮންނަނީ އިނގިރޭސި ބަހުން، ބޮޑުކޮށެވެ.

މޯލްޑިވިއަން އިން މިހާރު ރާއްޖޭގެ 18 އަދި ބޭރުގެ ހަތް މަންޒިލަކަށް ދަތުރުކުރެއެވެ.