Support Us

ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އަޅައިލުމުގައި އެޗްޑީސީން އެއް ދުވަސް

ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު (އެޗްޕީއެސްއެން) ގައި ދިރިއުޅޭ މީހުން މުޖްތަމައުއަށް އަހުލުވެރިކޮށް، ރީއިންޓަރގްރޭޓް ކުރުމުގެ ޕްރޮގްރާމެއް އެޗްޑީސީއާއި ނެޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓާ ގުޅިގެން ކުރިއަށްގެންގޮސްފިއެވެ.

މިއީ، އެޗްޕީއެސްއެންގައި ދިރިއުޅޭ މީހުން އަނބުރާ މުޖްތަމައުއަށް ދޫކޮށްލުމުގެ ކުރިން، އެމީހުން މުޖްތަމައުއަށް އަހުލުވެރި ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް، އެޗްޑީސީގެ ފަރާތުން އެއްބާރުލުން ދިނުމުގެ ގޮތުން ކުރިއަށްގެންދިޔަ ހަރަކާތެއް ކަމަށް އެޗްޑީސީން ބުނެއެވެ.

"އެގޮތުން، ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގައި ދިރިއުޅޭ 17 މީހެއް ހުޅުމާލެއަށް ގެނެސް، އެމީހުންނަށް ހުޅުމާލެ ދައްކާލައި، ބެލެނިވެރިކަމުގެ ދަށުން އާންމު ދިރިއުޅުމުގައި ބައިވެރިވެ އެކަން ތަޖުރިބާކޮށްލުމުގެ ފުރުސަތު އެޗްޑީސީން މިއަދު ވަނީ ފަހިކޮށްދީފައެވެ." އެޗްޑީސީގެ ބަޔާނެއްގައި ވެއެވެ.

"ގުރައިދޫ މަރުކަޒުގައި ތިބި ފަރާތްތައް މިއަދު ހުޅުމާލެއަށް ގެނެސް، މުޅި ހުޅުމާލެ ދައްކާލުމަށް ޓުއާއެއް ވަނީ ކުރިއަށްގެންގޮސްފައެވެ. އަދި އާއިލީ މާހައުލެއްގައި ކެއުމުގެ އިންތިޒާމުތައް ކުރިއަށް ގެންދިޔުމުގެ ގޮތުން ހުޅުމާލޭގައި ދިރިއުޅޭ ބައެއް އާއިލާތަކާއެކު ދުވަހުގެ މެންދުރު ކެއުން ވަނީ ކުރިއަށްގެންގޮސްފައެވެ. ހަމަ އެއާއެކު އާންމުންނާ އެކުގައި، ޖަމާއަތުގައި ނަމާދު ކުރުމުގެ ފުރުސަތުވެސް އެމީހުންނަށް ވަނީ މި ދަތުރުގެ ތެރެއިން ފަހިކޮށްދީފައެވެ. މުޅި ދުވަސް އެއްކޮށް ނިންމާލީ ހަވީރުގެ ސަޔާއެކު، ސެންޓްރަލް ޕާކުގައި އެފަރާތްތަކަށް ހާއްސަކުރެވިފައިވާ ހަރަކާތްތަކާއެކުގައެވެ. އަދި މިނިވަންދުވަހަށް ހާއްސަކޮށް ތައްޔާރުކުރެވިފައިވާ ފުޅަނދުތައް ބަލާލުންވެސް ވަނީ ކުރިއަށްގެންގޮސްފައެވެ. މި ދަތުރު ނިންމާލެވިފައިވަނީ އެޗްޑީސީގެ މުވައްޒަފުންގެ ފަރާތުން މިވަގުތު މަރުކަޒުގައި ތިއްބެވި ފަރާތްތަކަށް ޒަރޫރީ ބައެއް ސާމާނު ހަދިޔާކުރުމާ އެކުގައެވެ."

ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގައި ދިރިއުޅޭ ފަރާތްތައް މިއަދު ހުޅުމާލެއަށް ކުރި ޒިޔާރަތުގެ ކުރިން، ހެލްތް މިނިސްޓްރީގެ މެންޓަލް ހެލްތް ޑިޕާރޓްމެންޓްގެ ބޭފުޅުންނާއެކު އެޗްޑީސީގެ ސްޓާފުން އަދި މެނޭޖްމަންޓުން ވަނީ މިދިޔަ ހަފްތާގައި ގުރައިދޫ މަރުކަޒުގެ ހާލަތު ބަލައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *