ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާ ގުޅިގެން، ޤައުމީ އެއަރލައިންގެ ބޯޓުތަކުގެ ބޭރުގައި "ދިވެހިރާއްޖެ" ލިޔާން ފެށުމުން، އެކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް މަރުޙަބާ ވިދާޅުވެއްޖެއެވެ.
ވަޒީރު އާދަމް ނަޞީރު، އެމަނިކުފާނުގެ އެކްސްގައި މިއަދު ކުރައްވައިފައިވާ ޕޯސްޓެއްގައި ވިދާޅުވީ "މޯލްޑިވިއަންގައި ދިވެހިރާއްޖޭގެ ނަން ތާނައިން ލިޔުއްވުމަކީ ދިވެހިވަންތަކަމުގެ ދާއިރާއިން ކުރިޔަށް އެޅުއްވި، ވަރަށް އުންމީދީ އުފާވެރި ފިޔަވަޅެއް" ކަމަށާއި އެކަމަށް ޓަކައި މަރުޙަބާ ވިދާޅުވާ ކަމަށެވެ.
މޯލްޑިވިއަނުން ބުނީ މި ބަދަލު އެ އެއަރލައިންގެ ހުރިހާ ބޯޓަކުން ވެސް ފެނިގެންދާނެ ކަމަށެވެ. އަދި މިއީ ދިވެހީންގެ އަމިއްލަވަންތަކަމާ ޤައުމީ އެއަރލައިން ގުޅިފައިވާ މިންވަރު ދައްކުވައިދޭ ބަދަލެއް ކަމަށެވެ. ދިވެހިރާއްޖޭގެ މިނިވަންކަމަށް މި އަހަރު 60 އަހަރު ފުރޭއިރު، ދިވެހީންގެ މިނިވަންކަމާއި އިސްތިޤްލާލު އަދި އެއްބައިވަންތަކަމާއި އަމިއްލަވަންތަކަން މި ބަދަލުގެ ތެރެއިން ރަމްޒުކޮށްދޭ ކަމަށް ޤައުމީ އެއަރލައިނުން ބުނެއެވެ.




advertisment


One Response
މޯލްޑިވިޔަން ގެ މާނަ އަކީ ދިވެހި ރާއްޖެ އެއް ނޫން! މޯލްޑިވިޔަން ގެ މާނަ އަކީ "ދިވެއްސެއް" ނުވަތަ "ދިވެހިން"!