Support Us

ޑިޕްލޮމެޓުންގެ ޝަރަފުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިދިޔަ ރޯދަ މަހު (މާޗު 12ގައި) މުލީއާގޭގައި ބޭއްވެވި ރޯދަ ވީއްލެވުމުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން އަރިހުގައި ސޯބިރުގެ ދެކަނބަލުން. ފޮޓޯ: ރ.އ

ސޯބިރު އަވަހާރަވުމުން ރައީސުލްޖުމްހޫރިއްޔާގެ ތައުޒިޔާ

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ.)ގެ ލަގަބު އިއްޔެ އެރުވި، ޖަޕާނުގައި ހުންނަވާ ދިވެހި ސަފީރު، ކުރީގެ ޓޫރިޒަމް މިނިސްޓަރު ހަސަން ސޯބިރު މިއަދު ހެނދުނު އަވަހާރަވުމުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ސޯބިރުގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެ ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓް ތިރީގައި މިވަނީއެވެ.

"ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނެވި ސަފީރު، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޙަސަން ޞާބިރު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވި ޚަބަރު އަޅުގަނޑު އެހީ ވަރަށް ފުން ހިތާމައާއެކުގައި. ޙަސަން ޞާބިރު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމަކީ މުޅި ދިވެހި ޤައުމަށް ލިބުނު ވަރަށް ފުން ހިތާމައެއް. އަލްމަރްޙޫމް ޙަސަން ޞާބިރަކީ ވަޒީރުކަމުގެ މަގާމުގައި ހުންނަވައިގެން، ރާއްޖޭގެ މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ފަތުރުވެރިކަމުގެ ދާއިރާއަށް، ވަރަށް ބިނާކުރަނިވި ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް. ވަޒީރުކަމުގައި އެންމެ ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވީ ފަތުރުވެރިކަމުގެ ދާއިރާއިންކަން ފާހަގަކުރަން. އެމަނިކުފާނަކީ، ރާއްޖެއިން އެކި ޤައުމުތަކަށް ކަނޑައެޅުއްވި ސަފީރުކަމުގެ މަގާމުގައި ހުންނަވައިގެން، ރާއްޖޭގެ ޚާރިޖީ ގުޅުންތައް ވަރުގަދަކުރެއްވުމަށް، ވަރަށް ހަރުދަނާ މަސައްކަތްޕުޅުތަކެއް ކުރެއްވި ޑިޕްލޮމެޓެއް. މާތްﷲ މަރްޙޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވައި، ޢާއިލާއަށް ކެތްތެރިކަން ދެއްވާށި!"

އުމުރުފުޅުން 73 އަހަރުގައި ސޯބިރު އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅެއްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ޓްރީ ޓޮޕް ހޮސްޕިޓަލްގައެވެ. އަވަހާރަވިއިރު އަނބިކަނބަލަކާއި ދެ ބޭފުޅުންނާއި ކާފަ ވިދާޅުވާ ތިން ބޭފުޅުން އެބަތިއްބެވިއެވެ. ދަރިކަލުން އަހުމަދު ހަސަން ސޯބިރު (އަންމު) އަކީ ޕައިލެޓެކެވެ.

ކެންސަރުގެ އާލާސްކަންފުޅަށް ސޯބިރު ފަރުވާ ހޯއްދަވާތާ ގާތްގަނޑަކަށް ދެ އަހަރެއްހައި ދުވަސް ވަނީ އެވެ. އެންމެ ފުރަތަމަ ފަރުވާ ހޯއްދެވީ ޖަޕާނުގައި ހުންނަވައިގެންނެވެ. ފަހުން މެލޭޝިޔާގައެވެ. ޓްރީ ޓޮޕްގައި އޮންނަވާތާ ވެސް ދުވަސްކޮޅެއް ވެއްޖެއެވެ.

ޖަޕާނުގައި ހުންނަވާ ދިވެހި ސަފީރު ކަމަށް ސޯބިރު އައްޔަންކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި، 30 މޭ 2022 ގައެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގައި ވެސް ސޯބިރުގެ މަގާމު ވަނީ ދަމަހައްޓަވައިފައެވެ.

ސޯބިރު އާންމުންގެ ތެރެއިން އެންމެ ފަހުން ފެނިފައި ވަނީ ރާއްޖޭގައި ތިއްބަވާ ބޭރު ގައުމުތަކުގެ ޑިޕްލޮމެޓުންނާއި ރާއްޖޭގެ ޑިޕްލޮމެޓުންގެ ޝަރަފުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިދިޔަ ރޯދަމަހު މުލީއާގޭގައި ބޭއްވެވި ރޯދަވީއްލެވުމުގެ ތެރެއިންނެވެ.

ޖަޕާނުގައި ހުންނަވާ ދިވެހި ސަފީރު، ކުރީގެ ޓޫރިޒަމް މިނިސްޓަރު ސޯބިރު އަވަހާރަވެއްޖެ

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް