Support Us

އެމް.ސީ.ޖީ.އެޗް އޮޕްޓިކަލްސް ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވައިފ

ސަރުކާރުން ފޯރުކޮށްދެއްވާ ޞިއްޙީ ޚިދުމަތްތަކުގެ ތެރޭގައި ހިމެނިގެން އައިނު ހެއްދުމުގެ ޚިދުމަތް ފޯރުކޮށްދެއްވުމަށްޓަކައި ޤާއިމުކުރެއްވި، މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްގެ އައިނު ފިހާރަ، އެމް.ސީ.ޖީ.އެޗް އޮޕްޓިކަލްސް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.

މި ފިހާރަ ހުޅުއްވައިދެއްވާފައިވަނީ މިކަމަށްޓަކައި އައި.ޖީ.އެމް.އެޗުގައި މިއަދު ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. އެމް.ސީ.ޖީ.އެޗް އޮޕްޓިކަލްސް ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ، އެ ފިހާރަ ބައްލަވާލައްވާފައެވެ. އަދި އެ ފިހާރައިން ޚިދުމަތް ހޯއްދެވި ފުރަތަމަ ތިން ފަރާތާ، އައިނު ހަވާލުކޮށްދެއްވާފައި ވަނީވެސް އެ މަނިކުފާނެވެ.

އައިނު ހެއްދުމަށް އާސަންދައިން ދޫކުރާ މިންވަރު 2000ރ. އަށް މަތިކޮށްދެއްވައި، ރަނގަޅު ފެންވަރުގެ އައިނު، ލުއިފަސޭހަކަމާއެކު، ހެޔޮއަގުގައި ރައްޔިތުންނަށް ފޯރުކޮށްދެއްވުމަށްޓަކައި، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން އައިނު ވިޔަފާރި ފައްޓަވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވީ މިދިޔަ މޭ މަހުއެވެ.

ދެ މަސްދުވަހުގެ ކުރު މުއްދަތެއްގެ ތެރޭގައި ޤާއިމުކުރި، އެމް.ސީ.ޖީ.އެޗް އޮޕްޓިކަލްސް އިން، ލޮލުގެ ނަންބަރު ނެގުމާއި، ލޮލުގެ ބައެއް ބަލިތައް ދެނެގަތުމާއި، އައިނު ހެއްދުމުގެ ޚިދުމަތް ފޯރުކޮށްދެމުންދާނެއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ އިބްރާހިމް ޢަބްދުއްރައްޒާޤު ޙަލީމް ވަނީ، އޮގަސްޓް މަހު ހުޅުމާލޭގައި، އަދި ކުރިއަށްއޮތް ދުވަސްތަކުގައި ރާއްޖޭގެ ފަސް ރީޖަނަލް ހޮސްޕިޓަލުގައިވެސް، އައިނު ހެއްދުމުގެ ޚިދުމަތް ފައްޓަވައިދެއްވާނޭކަން އިޢުލާންކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް