މިނިވަންކަމަށް 60 އަހަރު ފުރޭ މުނާސަބާ ފާހަގަކުރުމުގެ ގޮތުން މިއަދު ބޭއްވި އެމް.އެން.ޑީ.އެފްގެ އަސްކަރީ ޙަރަކާތްތައް ހިމެނޭ ޕެރޭޑާއި ކުޅިވަރުތައް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ބައްލަވައިލައްވައިފިއެވެ.
މިއަދުގެ ޕެރޭޑްގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ އިތުރުން ބޭރު ޤައުމުގެ ޢިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މިއަދުގެ ޕެރޭޑްގައި ޤައުމިއްޔަތާއި ދިވެހި ސަގާފަތް ދައްކުވައިދޭ ގިނަ ސަގާފީ ކުޅިވަރުތައްވެސް ފެނިގެންދިޔައެވެ.
އަސްކަރީ ޕެރޭޑް ބައްލަވާލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި، ކުރީގެ ރައީސުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ރައްޔިތުންގެ މަޖިލިހުގެ ރައީސް، ވަޒީރުން، އަދި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ. އަދި އާންމުންގެ ގިނަ ބަޔަކުވެސް ބައިވެރިވެރިވިއެވެ.



advertisment