Support Us

އިންޑިއާއިން ހަދިޔާކުރި ދެ ޕޯޓަބަލް ހޮސްޕިޓަލާ ރައީސުލްޖުމްހޫރިއްޔާ ހަވާލުވެވަޑައިގެންފި

އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާކުރި ދެ ޕޯޓަބަލް ހޮސްޕިޓަލް ނުވަތަ "އަރޯގްޔާ މައިތިރީ ހެލްތު ކިއުބް" އާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ހަވާލުވެވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ތަކެއްޗާ ހަވާލުވެވަޑައިގަތީ މިކަމަށްޓަކައި މިއަދު ހަވީރު ސަލްޓަން ޕާކުގައި ކުރިއަށް ގެންދިޔަ ޚާއްޞަ ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތު ކުރިއަށް ގެންދަވާފައި މިވަނީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ، ދިވެހިރާއްޖެއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރޭގައި ހިމެނިގެންނެވެ. ބޮޑުވަޒީރު މޯދީ ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވަމުން މި ގެންދަވަނީ، ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ އިތުރުން، ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބު ދަނޑިވަޅުގައެވެ.

އިންޑިއާ ސަރުކާރުގެ ފަރާތުން ބޮޑުވަޒީރު މޯދީ މިއަދު މި ކުރެއްވި ހަދިޔާ ރަމްޒުކޮށްދެނީ ރާއްޖޭގެ ޞިއްޙީ ދާއިރާގެ ތަރައްގީއަށް އިންޑިއާއިން މެދު ނުކެނޑި ފޯރުކޮށްދެމުންދާ އެހީތެރިކަމެވެ.

އެންމެ ޒަމާނީ ވަސީލަތްތައް ހިމެނޭ ސްޓޭޓް އޮފް ދި އާޓް "އަރޯގްޔާ މައިތިރީ ހެލްތު ކިއުބް" އަކީ ޕޯޓަބަލް ހޮސްޕިޓަލެއް ގޮތަށް އެއްތަނުން އަނެއް ތަނަށް ގެންދެވޭ ގޮތަށް ދުނިޔޭގައި ތަރައްގީކުރި މީގެ ފުރަތަމަ ކިއުބެވެ. މި ހެލްތު ކިއުބްގައި އައިސީޔޫ، އޮޕަރޭޝަން ތިއޭޓަރ، ޕަވަރ ޖަނަރޭޓަރ، ލޭގެ ޓެސްޓްތައް ހެދޭނެ ސާމާނާއި، އެކްސްރޭ މެޝިންފަދަ އާލާތްތައް ހިމެނެއެވެ. ކާރިސީ ވަގުތުތަކުގައި، ގިނަ ބަޔަކަށް ކުއްލި ފަރުވާގެ ޚިދުމަތް، އެންމެ މަތީ ފެންވަރުގައި ފޯރުކޮށްދެވޭ ގޮތަށް ތަރައްގީ ކޮށްފައިވާ މި މެޑިކަލް ކިއުބަކީ، މެދު ނުކެނޑި 72 ގަޑިއިރު އޮޕަރޭޓްކުރެވޭ، އަދި 200 މީހުންނަށް ފަރުވާދެވޭނެ ގާބިލުކަން ހުރި ޕޯޓަބަލް ކިއުބެކެވެ.

އިންޑިއާއިން ހަދިޔާކުރި މި ދެ "އަރޯގްޔާ މައިތިރީ ހެލްތު ކިއުބް" ގެ ކަންކަން ހިންގުމުގައި ހަރަކާތްތެރިވާނި ހެލްތު މިނިސްޓްރީގެ ދަށުން ހިނގަމުންދާ މޯލްޑިވްސް އެމަޖެންސީ މެޑިކަލް ސަރވިސްއިންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް