Support Us

އެސްޑީއެފްސީ ގަތުމުގެ މުއާމަލާތް ހިންގަނީ ގާނޫނާ އެއްގޮތަށް: ބީއެމްއެލް

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް އުފައްދައިފައިވާ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގައި އޮންނަ ސަރުކާރުގެ ހިއްސާ ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) އިން ގަތުމުގެ މުޢާމަލާތްތައް ކުރިއަށް ގެންދަނީ ބޭންކިން ގާނޫނާއި ގަވައިދުތަކާ އެއްގޮތްވާ ގޮތުމުގެ މަތީން އިޖުރާޢަތްތައް ފުރިހަމަކުރުމަށްފަހު ކަމަށް ބީ.އެމް.އެލް އިން ބުނެފިއެވެ.

ގައުމީ ބޭންކުން މިއަދު ބުނީ މިހާރު ވަނީ އެ މަރުހަލާތައް ކުރިއަށް ގެންދިޔުމުގެ މަސައްކަތް ފަށައިފައި ކަމަށެވެ.

 އެސްޑީއެފްސީގައި އޮންނަ ސަރުކާރުގެ ހިއްސާ ވިއްކައިލެއްވުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވައިފައެވެ.