އާންމު ތަންތަނުގައި އެއްވެސް މީހަކާ ދިމާއަށް، ޚާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން އެމަނިކުފާނަށް ހަޅޭއްލަވާ ފުރައްސާރަ ކުރުމަކީ ނިމުމަކަށް އަންނަންވެއްޖެ ކަމެއް ކަމަށާއި މިއީ ޚިޔާލުފާޅުކުރުމެއް ނޫން ކަމާށައި މިއީ ފުރައްސާރަކުރުން ކަމަށް ވާދަވެރި ސިޔާސީ ލީޑަރެއް ކަމަށްވާ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
މިދިޔަ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި އުމަރު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ނ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހަވީރު ކުޑަފަރީ އަށް ވަޑައިގެން އެރަށު މަގުމަތިން ހިންގަވައިފައި ވަޑައިގެންނެވި އިރު މަގުމެދަށް އަންހެނަކު ނުކުމެ ރައީސުލްޖުމްހޫރިއްޔާއާ ދިމާލަށް ހުތުރު އެއްޗެތި ގޮވާ ވީޑިއޯއެއް މީސްމީޑިއާގައި ދައުރުވާން ފެށުމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެއްވެސް އަހުލާގެއް ނެތް އެ އަންހެން މީހާ އަތް އުކައުކައިފައި ހަޅޭއްލަވަމުން ދަނިކޮށް، ރައީސް ވަނީ، އެ މަނިކުފާނުގެ ވަފުދުގެ ބޭފުޅުންނާއެކު އޭނާއާ ވަރަށް ކައިރިން ވަޑައިގެންފައެވެ. ސަލާމަތީ ބާރުތަކުގެ އެއްވެސް މީހަކު ވެސް އެ މީހާ ހުއްޓުވާކަށް ނޫޅެއެވެ.

"ނ. ކުޑަފަރި ލީނާ އަކީ ސިޔާމްގެ ވަރަށް ހާއްސަ ސަޕޯޓަރެއް. ސަބަބުތަކެއް ނެތިއެއް ނޫން. އަދި އެންމެ ރުޅި އަންނަނީ އެމްޑީޕީ ދެކެ. ވަކިން ހާއްސަކޮށް ކެނެރީގޭ ނަޝީދު ދެކެ،" އެކްސްގައި މީހަކު ކުރި ޕޯސްޓެއްގައިވެއެވެ. އެ ޕޯސްޓުގައި، ފަހުން ސައިކަލެއްގައި ހަމަޖެހިލައިގެން އިން އެ މީހާގެ އިންޓަވިއުއެއްވެސް ހިމަނައިފައިވެއެވެ.
ނ. ކުޑަފަރި ލީނާ އަކީ ސިޔާމްގެ ވަރަށް ހާއްސަ ސަޕޯޓަރެއް. ސަބަބުތަކެއް ނެތިއެއް ނޫން. އަދި އެންމެ ރުޅި އަންނަނީ އެމްޑީޕީ ދެކެ. ވަކިން ހާއްސަކޮށް ކެނެރީގޭ ނަޝީދު ދެކެ. pic.twitter.com/BMUgwQQt0H
— Lujain (@lujeinmv) July 22, 2025



advertisment
One Response
އެކަމު ތި އުމަރު މެންވެސް ހަރުގަނޑު ބަހައްޓައިގެން އެމްއެންޑީއެފް ގެ ހެޑް ކުއާޓަރު ތެރެއަށް ވަންނަން މަސައްކަތް ކުރި އެންނު! އެ ކަން އޯކޭތަ؟ މިހާރު ދެން ކޮން ފޮނި ވާހަކަ އެއް ދައްކާކަށް!