Support Us

ޒަކިއްޔާ އަށް އިންސާފު ގާއިމުކުރުމަށް ކުރެވެންހުރި ހުރިހާ ކަމެއް ކުރާއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

ނ.ހޮޅުދޫ، ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގައި ކަން ހިނގައިދިޔަގޮތް ބެލުމަށާއި އިންސާފު ގާއިމު ކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ޔަޤީންކަން ދެއްވީ، ނ. އަތޮޅަށް އެ މަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ އަށް ވަނަ މަންޒިލުގެ ގޮތުގައި ހޮޅުދޫއަށް ފައިބާވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވަމުން ދިޔައިރު، ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގައި އިންސާފަށް ގޮވާލައި އެއްވެ ތިބި ރައްޔިތުންނާ ވަކިން ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އެ ބޭފުޅުންނަށް ވަކިން ދައުވަތު ދެއްވައިގެން، ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި މި ބައްދަލުކުރެއްވުން އޮތީ ހޮޅުދޫ ކައުންސިލް އިދާރާގެ ކުރިމަތީގައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ބޭފުޅުންގެ ހުރިހާ ވާހަކަތަކެއް އަޑު އައްސަވައިފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުޢޫރު ފާޅުކުރި ރައްޔިތުންނާއި އަދި ޒަކިއްޔާ މޫސާގެ ޢާއިލާގެ ފަރާތުން ފާހަގަކުރި ކަންބޮޑުވުންތަކާ ގުޅިގެން އިތުރަށް ކަންކަން އޮޅުންފިލުއްވައިފައެވެ. އަދި ސަރުކާރުން ހުއްޓުމެއް ނެތި އެކަމުގައި މަސައްކަތް ކުރަމުން އަންނަކަންވެސް ސާފުކޮށްދެއްވައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް