Support Us

ހެޔޮ އެދިގެން "އަދިވެސް"

ދިވެހި ގައުމުން އަދު އުފަންވީ ނޫހަކަށް ވީތީވެ "އަދިވެސް"
ރިވެތި ހެޔޮ އަހްލާގުހުރި ނޫސްވެރި ކަމެއް ދައްކާށެ "އަދިވެސް"

ތެދުބަހުން ޚަބަރާއި މަޢުލޫމާތު ހޯދައި ފެތުރުމަށް،
ތެދު ނިޔަތުގައި ތެދު ހަގީގަތް ހާމަކޮށް ދެއްވާށެ "އަދިވެސް"

ރައްޔިތުންނާ އަދި ވެރީންނާ ދެމެދުގައި ފެތުރޭ ހަބަރު
ރައްޔިތުންނާ އަދި ވެރީންނާ ސުލްޙަވެރި ކޮށްދޭށެ "އަދިވެސް"

ގައުމަށް އަދި ރައްޔިތުންނަށް އެންމެ ފައިދާ ހުރިގޮތަށް،
އަބުރުވެރި އިތުބާރު ކުރެވޭ ނޫހަކަށް އަދު ވާނެ "އަދިވެސް"

ދައުލަތުގެ ޝަރަފާ ކަރާމާތް ރައްޔިތުން އަބުރާއި އިއްޒަތް
ދައުރުވާހައި ޚަބަރުތަކުގައި މިންޖުކޮށް ދެއްވާށެ "އަދިވެސް"

މީހުނާ މީހުންގެ އަބުރާ އިއްޒަތަށް ރައްކައުތެރިވެ،
މީހުނާއި ބެހޭ ޚަބަރު ހޯދައި ބަލައި ފަތުރާށެ "އަދިވެސް"

އަބަދުވެސް ޚަބަރާއި މަޢުލޫމާތު ހޯދައި ލިބިގަތުން
އަބަދުވެސް ގައުމުން ނަމޫނާ ނޫހަކަށް ވާން ވާނެ "އަދިވެސް"

"އޭނަ ބުނި އަދި މީނަ ބުނި" ތޯ ލޯ ހަބަރު ފަތުރައި ނުދީ
އޭގެ އެންމެ ފުނަށް ނިކަން ފީނައި ޚަބަރު ހޯދާނެ "އަދިވެސް"

ހެޔޮ އެދޭތީ ލޯބިވާ ގައުމާއި އަދި ވަޠަނާއި "އަދިވެސް"
ހެޔޮ މަގަށް ތައުފީޤު ދެއްވާ ނޫހަކަށް ލައްވާށި! "އަދިވެސް"

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
21
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *