ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ދައުވަތަކަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަންނަ ހުކުރު ދުވަހު ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ރައީސް އޮފީހުން ބުނީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާ ދިމާކޮށް، މި މަހުގެ 25 އިން 26 އަށް މޯދީ ރާއްޖެ އަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި ދެގައުމުގެ މެދުގައި ރަސްމީ ވާހަކަތައް ބާއްވަވާނެ ކަމަށެވެ. އަދި އެކި ދާއިރާތަކުން އެއްބާރުލުން ދިނުމާ ބެހޭ އެއްބަސަވުންތަކުގައި ދެ ގައުމުން ސޮއިކުރާނެ ކަމަށެވެ.
މޯދީގެ ދައުވަތަކަށް ރައީސް މުއިއްޒު ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރުގައި އިންޑިއާއަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވައިފައެވެ.



advertisment