Support Us

ސިންގަޕޫރުގެ މެހެމާންދާރީއަށް ރައީސްގެ ޝުކުރު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ދެ ކަނބަލުންނާއި ވަފުދު ސިންގަޕޫރަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި އެ ޤައުމުގެ ސަރުކާރުން ފޯރުކޮށްދެއްވި ދީލަތި މެހުމާންދާރީއަށްޓަކައި އެ ޤައުމުގެ ރައީސް ތަރްމަން ޝަންމުގަރަނަމް އާއި ބޮޑުވަޒީރު އަދި މާލީ ވަޒީރު، ލޯވްރެންސް ވޮންގްގެ އިތުރުން ސިންގަޕޫރު ސަރުކާރާއި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރައްވައިފިއެވެ.

އެ މަނިކުފާނުގެ އެކްސް އެކައުންޓުގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މި ދަތުރުފުޅުގައި ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދުގައި އެކި ދާއިރާތަކުން އެއްބާރުލުމުގެ ފަހުމުނާމާތަކުގައި ސޮއިކުރައްވާފައިވާތީ އެކަމާ އުފާކުރައްވާކަން ހާމަކުރައްވާފައެވެ. މި ފަހުމުނާމާތަކުގެ ތެރޭގައި ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްޤީގެ ދާއިރާގެ އިތުރުން، ތަޢުލީމާއި ތަމްރީނުގެ އެކި މަރުޙަލާތަކުގައި އެހީތެރިވުމާއި، ފަންނީ އަދި ވޮކޭޝަނަލް ތަޢުލީމާއި، އެކި ދާއިރާތަކުން ޤާބިލުކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިމެނެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި، ދި‎ވެހިރާއްޖެ-ސިންގަޕޫރު ބިޒްނަސް ފޯރަމްގެ ސަބަބުން ވިޔަފާރިއާއި އިންވެސްޓްމަންޓްތަކަށް ފަހި ފުރުޞަތުތަކެއް ލިބޭނެކަމުގެ އުންމީދު އައުވެއްޖެ ކަމުގައިވެސް ވިދާޅުވިއެވެ.

ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދުގައި އޮތް 50 އަހަރުވީ ސިޔާސީ ގުޅުމުގެ މައްޗަށް އަލިއަޅުވައިލައްވަމުން އެމަނިކުފާނު ވަނީ މި ދަތުރުފުޅުގެ ސަބަބުން ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދު އޮތް ގުޅުމުގެ އާ ބާބެއް ފެށޭނެކަމުގެ އިޝާރާތެއް ލިބިވަޑައިގެންފިކަން ފާހަގަކުރައްވާފައެވެ.

މި ދަތުރުފުޅު ނިންމަވާލައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ، ސިންގަޕޫރުގައި ކުރެއްވި މުހިންމު މަޝްވަރާތަކާއެކު، ދެ ޤައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހި ކުރުމުގެ ރޫޙު އާލާވެއްޖެކަމަށް ދެ ޤައުމުންވެސް ޔަގީންކުރާ ކަމުގައި ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް