އަވަށްޓެރިޔާ މަށަށް ދޭނީ މަވެސް ދޭތީ ޔަގީން ކަށަވަރު
އަވަށްޓެރިޔާ ފުދުންތެރި ނަމަ ތަފާތު ވެދާނެ ދޭ މިންވަރު
ހަނޑޫ ކަނޑިއެއް ދިނީމާ ރޯދަޔާ ޢީދަށް އެހީތެރިވާން
ކަނޑޫ މުޅިއެއް މަށަށް ދެވުނީ،އެއީ ތާއޭ މަގޭ ފެންވަރު
އެ ގޯތީ ގަސްގަހުން ފައިބާ ލުބޯ މިރުހާ އަނބާ ހޮވިޔަސް
މި ގޯތީ ބޮޑު ބައެއް ހިފުމީ އެއީ ދެން މާ ބޮޑަށް ދެރަވަރު
އެގޭ ހުރި ވެލިފުނިން ވެއްޔާ ގަލާ ގަނެގެންގެނައި ނަމަވެސް
ދެގޭ ވެރިކަން ކުރަން އުޅުމުން އެނގޭ ނޫންހޭ މަކަރު ހުރިވަރު
ނަމުން ޚަބަރުން އިވޭ ހަދިޔާ،ދަރަންޏަށް ފޮތްފޮތުން ފެނިފާ
ހެމުން ގޯއްޗަށް ފަހުން ދަޢުވާ ކުރުން މީ"ހެޔޮކަމުން"ވާ ވަރު
ތިމާ އަތުގައި ބިމާ މުދަލާ ނަގުދު ނުގުނޭ ވަރަށް ގިނަޔަސް
ދިމާއަށް ނޫނެކޭ ބުނެލަން މަގޭ ހުންނާނެޔޭ ހިތްވަރު