ސިންގަޕޫރުގެ ފަސްޓް ލޭޑީ ޖޭން އިއްތޯގީ ޝަންމުގަރަތުނަމް، އިންތިޒާމުކުރެއްވި ޚާއްސަ ސައިފޮދެއްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންފިއެވެ.
މި ސައިފޮދު ބާއްވަވާފައި ވަނީ މިއަދު ހެނދުނު ސިންގަޕޫރުގެ ފޮރިން މިނިސްޓްރީގައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ދެ ކަނބަލުން ސިންގަޕޫރަށް މިހާރު ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ރަސްމީގޮތުން މަރުޙަބާ ދެންނެވުމުގެ ރަސްމިއްޔާތަށްފަހު ބޭއްވެވި ބައްދަލުކުރެއްވުމެކެވެ.
މި ބައްދަލުކުރެއްވުމުގައި މެޑަމް ސާޖިދާ ވަނީ ދިވެހި ވަފުދަށް ދެންނެވި ހޫނު މަރުޙަބާއަށްޓަކައި ސިންގަޕޫރުގެ ފަސްޓް ލޭޑީ އަށް ޝުކުރު އަދާކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން، އަދާކުރައްވަމުން ގެންދަވާ އެކި މަސްއޫލިއްޔަތުތަކުގެ މަސައްކަތްތަކާ ބެހޭގޮތުން ތަފާތު ތަޖުރިބާތަކާއި ޚިޔާލުފުޅުތައް ހިއްސާކުރައްވައި، މަޝްވަރާ ކުރެއްވިއެވެ.



advertisment