ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ދެކަނބަލުންނަށް ސިންގަޕޫރު ސަރުކާރުން ރަސްމީ ގޮތުން މަރްޙަބާ ދަންނަވައިފިއެވެ.
ސިންގަޕޫރުގެ ފޮރިން މިނިސްޓްރީގައި މިއަދު މެންދުރުފަހު އޮތް ރަސްމީޔާތަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަޑައިގަތުމުން މަރްޙަބާ ވިދާޅުވީ، ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމް އާއި އެ މަނިކުފާނުގެ އަނބިކަނބަލުން ޖޭން އިޓޯގީ ޝަންމުގަރަނަމްއެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އެ މަނިކުފާނުގެ ޝަރަފުގައި އޮތް ޝަރަފުގެ ގާޑް، އިންސްޕެކްޓް ކޮށްދެއްވައިފައެވެ. އެއަށްފަހު، ދެ ޤައުމުގެ އިސް އޮފިޝަލުން، އެއް ޤައުމުން އަނެއް ޤައުމުގެ އެންމެ އިސްވެރިންނަށް ތަޢާރަފުކޮށް އެރުވުންވެސް އޮތެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރައްވާ ރަސްމީ ދަތުރުފުޅު ކުރިއަށްދާނީ ޖޫން 29 އިން ޖުލައި ދެ ވަނަ ދުވަހުގެ ނިޔަލަށެވެ.



advertisment