Support Us

ޙަލާލު ޓޫރިޒަމް ތަރައްޤީކުރުމަށް ޚާއްޞަ ރަށްތަކެއް

ޙަލާލު ޓޫރިޒަމް ތަރައްޤީ ކުރުމަށް ޚާއްޞަ ރަށްތަކެއް ސަރުކާރުން ކަނޑައަޅުއްވަން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒު، އިޢުލާނު ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަން އިޢުލާނު ކުރެއްވީ އެމަނިކުފާނުގެ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓަކުންނެވެ.

އެ ޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ، މި މަސައްކަތުގައި ވުނޭރުންނަށް ހިތްވަރު ދިނުމަށްޓަކައި ބޮޑެތި އިންސެންޓިވްތައް ނުވަތަ އިނާޔަތްތައް ފޯރުކޮށްދެވޭނެ ކަމަށާއި މިއީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ސިންދަފާތުކޮށް ތަރައްޤީ ކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ. އަދި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުން އަންނަ ހަފްތާގައި މިކަމާ ގުޅޭ އިތުރު ތަފްޞީލުތައް ހާމަކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. މީގެއިތުރުން އެމަނިކުފާނު ވަނީ ދިވެހިރާއްޖެ ވުނަކުރުމަށް ހުޅުވާލާފައިކަމަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ވުނޭރުންނަށް ރާއްޖެއިން މަރުޙަބާކިޔާނޭކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ގޮތުގައި ރާއްޖެއަކީ ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަން ތަރައްޤީ ކުރުމުގައްޔާއި އަދި ޚާއްޞަކޮށް މެހުމާންދާރީ އަދާކުރުމުގައި، އެހެން ޤައުމުތަކަށް ނަމޫނާ ޤައުމެއް ކަމުގައެވެ. އަދި ދިވެހިރާއްޖެއިން މިހާރު އަމާޒު ހިފާފައިވަނީ، ޙަލާލު ޓޫރިޒަމްގައި ބައިނަލްއަޤުވާމީ ފެންވަރުގައި އިސް ސަފުގައި ފައިހަމަކޮށް، އެ ދާއިރާއިން އެންމެ މަތީ މިންގަނޑެއްގެ ގޮތުގައި ބަލާ ޤައުމަކީ ރާއްޖެ ކަމުގައި ހެދުމަށް ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް