ހުޅުމާލޭ ޕޮލިސް ޗެކް ޕޮއިންޓަކަށް މަޑުނުކޮށް ބާރު ސްޕީޑްގައި ސައިކަލުގައި ގޮސް ފުލުހެއްގެ ގައިގައި ޖެއްސި މީހަކު ރޭ ހައްޔަރުކޮށްފައިވާ ކަމަށާއި އޭނާގެ އަތުގައި ލައިސަންސެއް ނެތް ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ބުނީ ރޭ 8.30 ވާން އުޅެނިކޮށް، ހުޅުމާލޭ، ޖަވާހިރުމާ ހިނގުމުގައި ވެހިކަލް ޗެކް ޕޮއިންޓް ޖަހައިގެން ބަލައި ފާސް ކުރުމުގެ މަސައްކަތް ފުލުހުން ކުރަނިކޮށް އެ މަގުން އިރަށް ދުއްވައިފައި ދިޔަ ސައިކަލެއް ފުލުހުން މަޑުކުރަން ބުނުމުން މަޑުނުކޮށް ބާރު ސްޕީޑުގައި، ނުރައްކާތެރިކޮށް ދުއްވާފައި ގޮސް ފުލުހެއްގެ ގައިގައި ޖައްސައިފައިވާ ކަމަށެވެ. އަދި ސައިކަލުން ޖެއްސުމުގެ ސަބަބުން ފުލުސް އޮފިސަރަށް އަނިޔާވެފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ ރޭގެ މި އެކްސިޑެންޓުވި ސައިކަލު ދުއްވި، މ. ބަހާރުވިލާ، ޔޫނުސް ޚަލީލް ޢަބްދުﷲ، 18، މިހާރު ވަނީ ހައްޔަރުކޮށްފައި ކަމަށާއި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.



advertisment