Support Us

އެސްޓީއޯ ރަމަޟާން ބާޒާރުގެ 1 ލައްކަ ރުފިޔާގެ ނަސީބުވެރިޔާ ހޮވައިފި

ރަމަޟާން މަހާ ގުޅިގެން އެސްޓީއޯ ޖެނެރަލް ޓްރޭޑިން އިން  ކުރިއަށް ގެންދިޔަ ރަމަޟާން ބާޒާރު ޕްރޮމޯޝަންގެ 100،000ރ.ގެ އިނާމި ލިބޭ ނަސީބުވެރިޔާ ގުރުއަރުން ހޮވައި އިނާމުދީފިއެވެ.

ނަސީބުވެރިޔާ ހޮވައިފައި ވަނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕަމާޓުގައި އިއްޔެ ބޭއްވި ކުޑަ ހަފްލާއެއްގައެވެ. މި އިނާމަކީ ރަމަޟާން ބާޒާރު ޕްރޮމޯޝަން މުއްދަތުގައި އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި އަތޮޅު ތެރޭގެ އެސްޓީއޯ ފިހާރަތަކުން 500ރ. އިން މަތިން ވިޔަފާރި ކުރި ފަރާތްތަކުގެ މެދުގައި ނެގި ގުރުއަތަކުން ހޮވުނު ނަސީބުވެރިޔަކަށް ދިން 100،000ރ.ގެ ފައިސާގެ އިނާމެކެވެ.

ޖަނަވަރީ ނުވަޔަކުން މާރިޗު މަހުގެ ނިޔަލަށް މާލެއާއި އަތޮޅު ތެރޭގެ އެސްޓީއޯ ފިހާރަތަކުގައި ކުރިއަށްދިޔަ މި ޕްރޮމޯޝަންގައި މިނޫންވެސް ތަފާތު ގިނަ އިނާމު ތަކަކާއި ޑިސްކައުންޓްތަކެއްގައި ކަސްޓަމަރުން ވިޔަފާރި ކުރުމުގެ ފުރުސަތު ލިބިގެން ދިޔައެވެ. އެގޮތުން ކޮންމެ ހަފްތާއަކު ވިޔަފާރި ކުރި ފަރާތްތަކުގެ މެދުގައި ހޮވުނު ނަސީބުވެރިޔަކަށް ހަދިޔާއެއްގެ ގޮތުން ގިޕްޓް ހެމްޕަރތައްވެސް ވަނީ ދީފައެވެ.

މާލޭގެ އިތުރުން އަތޮޅުތެރޭގެ އެސްޓީއޯ ފިހާރަ ތަކުގައި މި ޕްރޮމޯޝަނާ ގުޅިގެން އާއިލީ ހަވީރުތަކާއި އިތުރު ގިނަ ހަރަކާތްތަކެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.