Support Us

މެއި މަހުގެ ކަރަންޓު ބިލް ތައްޔާރުކޮށްފައިވަނީ ވެސް އަގުހެޔޮ ޓެރިފް ރޭޓްތަކަށް: ސްޓެލްކޯ

ހުސްވި މެއި މަހުގެ ކަރަންޓު ބިލްތައް ތައްޔާރުކޮށްފައިވަނީ ވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް، އަގުހެޔޮ ޓެރިފް ރޭޓްތަކަށް ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ މިދިޔަ ހަފުތާގައި ވިދާޅުވީ ޖޫން އެކަކުން ފެށިގެން ޑޮމެސްޓިކް ކެޓެގަރީގެ ކަރަންޓު ޓެރިފް ރޭޓް ކުޑަކޮށް، އެ ކަން ތަންފީޒުކުރުމުގައި ދެމެހެޢްޓެނިވި ގޮތެއްގައި މެނޭޖްކުރުމަށް ކަމާބެހޭ ފަރާތްތަކުން ކުރައްވަންޖެހޭ އެންމެހާ ކަންކަން ކުރެއްވުމަށް އަންގަވައިފައިވާނެ ކަމަށެވެ.

ސްޓެކޯ އިން ބުނީ މި ބަދަލާއެކު ކަރަންޓު ބިލް ދެއްކުމަށް ރައްޔިތުން ކުރާ ހޭދަ ކުޑަވެގެންދާނެ ކަމަށެވެ.

"މީގެ އިތުރުން ރައީސް މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް ދެން ފޮނުވާ ހުރިހާ ކަރަންޓު ބިލްތަކެއްވެސް ތައްޔާރުކުރެވިގެންދާނީ އައު ޓެރިފްރޭޓްތަކަށް ކަމުގެ ޔަގީންކަން އަރުވަން،" ސްޓެލްކޯ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުންޏެވެ.

ކަރަންޓު އެގުހެޔޮ ކުރެއްވުމާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަތޮޅުތަކުގައި ކަރަންޓުގެ ހިދުމަތް ދޭ ފެނަކަ ކޯޕަރޭޝަންގެ %19.3 ކަސްޓަމަރުންނަކީ 100 ބޭންޑަށްވުރެ ދަށުން ކަރަންޓު ބޭނުންކުރާ ފަރާތްތައް ކަމަށާއި އެ ބޭންޑުތަކުގެ އަގު 1.50ރ. އިން 1.25ރ. އަށް ކުޑަކުރައްވަން ނިންމަވާފައިވާ ކަމަށެވެ. އަދި އާންމު ރައްޔިތުންގެ ބޮޑު އިންސައްތައެއް ބޭނުންކުރަނީ 101 އިން 400 އާ ދެމެދުގެ ބޭންޑު ކަމަށާއި އެ ބޭންޑުތަކުގެ އަގު އެއް ހަމަކޮށް 1.50ރ. އަށް ބަދަލުކުރައްވަން ނިންމަވާފައިވާ ކަމަށެވެ.

މިއީ ރާއްޖޭގެ ތާރީޚުގައިވެސް ސަރުކާރަކުން މިފަދަ ނިންމެވުމެއް ނިންމެވި ފުރަތަމަ ފަހަރުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ކަރަންޓުގެ އަގުހެޔޮ ކުރުމަށް ނިންމެވީ ސަރުކާރުން ހަކަތައިގެ ޕޮލިސީ މެނޭޖްކުރުމުގައި ހުރި މައްސަލަތަކުގެ ބުރަ ރައްޔިތުން ނަގަން ބޭނުންފުޅު ނުވާތީ ކަމަށެވެ. އަދި ރައްޔިތުން އެ ބުރަ އުފުލަންޖެހޭ ގޮތަށް ކުރީ ސަރުކާރުތަކުން ކުރި ކަންކަމަކީ މި ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށާއި ފާއިތުވި ދޮޅު އަހަރު ބެއްލެވީ ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި އެކަމުގައި ލުއި ހޯދައިދެވޭނެ ގޮތެއް ހޯދަން ކަމަށް ރައީސް ވިދާޅުވިއެވެ.

"ސަރުކާރެއްގެ ބޭނުމަކީ ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުން. އަޅުގަނޑު މި ނިންމީ ރައްޔިތުންގެ އާމްދަނީ ހުރި މިންވަރުން އަތްފޯރާފަށުގައި ލުއިފަސޭހަކޮށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭން. އެކަން މެނޭޖްކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ކުރާނެ. ސްޓޭލްކޯގެ އެފިޝަންސީ ރަނގަޅު ކުރަންޖެހުނަސް، ފެނަކައިގައި ހުރި މާލީ މައްސަލަތަކަށްވިޔަސް، ރަނގަޅު ކުރަންޖެހޭ،" ރައީސް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ގުޅުންހުރި ލިޔުންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *