މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި މާދަމާ ހެނދުނު ވެސް މާލޭގެ ބައެއް ސަރަހައްދުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.
ކަސްޓަމަރުންގެ ސަމާލުކަމަށް އެދި އެކްސްގައި ސްޓެލްކޯއިން ބުނީ "މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި މާދަމާ ހެނދުނު 6:00 އާއި 6:30 އާ ދެމެދު ހެންވޭރާއި، މާފަންނު އަދި މައްޗަންގޮޅީގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް" ކަމަށެވެ.
"ދިމާވާނެ ދަތިތަކަށް މަޢާފަށް އެދެން."
މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި މިއަދު މެންދުރުފަހު ވެސް ވަނީ ބައެއް ސަރަހައްދުން ކަރަންޓު ކެނޑިދާނެ ކަމަށް ބުނެފައެވެ.



advertisment

