ދިވެހިބިންމީ މަގޭ ބިމަކީ މަގޭ އުފަލާ ހިތާމަޔަކީ
ދިވެހި މިނިވަންކަމޭ އަހަރެންގެ ހިތުގައި އެންމެ އިސްކަމަކީ
މަގޭޝަރަފޭ، މަގޭ ފަޚުރޭ، މިޤައުމުގެ ފާރަވެރި ދެލޮލޭ
މަގޭ ލޯތްބާއެކީ އެއްޔޭ ދިވެހިދިދަ ވިހުރުވޭ ކަމަކީ
ދިވެހި ބަޠަލުންގެ ނަން ކިޔުމޭ އެނަންތައް އުފުލަމުންދިޔުމޭ
ދިވެހިބަސް އިވިލިޔަސް އެއްޔޭ މެޔަށް ފިނިކަން ލިބޭ ކަމަކީ
ދިވެހި ދަރިޔަކު، ދިވެހިޓީމެއް ފަހަށް ބޮޑު ޤައުމުތައްޖައްސައި
އަދުގެ ދުނިޔޭން ވިދައިލީމާ އެޔޭ އުފަލުން ރޮވޭ ކަމަކީ
ޖަމާޢަތުގައި ވެގެން ހުރުމީ އިމާމުން ފަހަތުގައި ހުރުމީ
މިމާތްދީން މިތަނުގައި އޮތުމީ އެޔޭ ވަޙްދަތުގެ ބިންގަލަކީ
އިލާހީ ރަޙްމަތުން މިތަން މިތަން ދެކެ ލޯބިވާމީހުން
ފިލައި ނުމެދާ ގޮތަށް ތިބުމޭ އަދުގެ ޖީލުގެ އަމާނަތަކީ
ކޯރަސް:
ދިވެހި ބިންމީ މަގޭ ބިމަކީ – އިވޭ ތަކްބީރު ފަސްގަނޑަކީ
ދިވެހިބަސް އިސްކުރާ ތަނަކީ – ރިވެތި އަޚްލާޤް އޮތް ތަނަކީ
މިޔޭޞުލްޙައިގެ ފަސްގަނޑަކީ – ބަޔަކުގޮތް ހުރި އުޅޭ ތަނަކީ