Support Us

ސްޓެލްކޯގެ މެނެޖިން ޑިރެކްޓަރު ހުސައިން ފަހްމީއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ރޭގެ ރަސްމިއްޔާތުގައި އިނާމު ހަވާލުކޮށްދެއްވަނީ

ފެނި ކަށަވަރުވަމުން މިދަނީ ރައްޔިތުންގެ އިހުސާސްތަކާ އެއްގޮތަށް ހިންގާ ހެޔޮލަފާ ވެރިކަމެއްގެ ޙަޤީޤީ މަންޒަރުތައް: ފަހުމީ

ފެނި ކަށަވަރުވަމުން މިދަނީ ރައްޔިތުންގެ އިހުސާސްތަކާ އެއްގޮތަށް ހިންގާ ހެޔޮލަފާ ވެރިކަމެއްގެ ޙަޤީޤީ މަންޒަރުތައް ކަމަށް ސްޓެލްކޯގެ އެމް.ޑީ ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.

ފަހުމީ މިހެން ވިދާޅުވީ މާދަމާއިން ފެށިގެން ސަރުކާރުގެ ހުރިހާ ކުންފުނިތަކަކުންވެސް ކަރަންޓު ފޯރުކޮށްދޭ އަގު ވަރަށް ބޮޑަށް ހެޔޮކޮށް އާ ރޭޓުތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާންކުރެއްވުމާ ގުޅިގެން އެކަމަށް ތައުރީފު ކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

"ރައްޔިތުންގެ އިހުސާސްތަކާއި އެއްގޮތަށް ހިންގާ ހެޔޮލަފާ ވެރިކަމެއްގެ ޙަޤީޤީ މަންޒަރުތައް ދިވެހި ރައްޔިތުންނަށް ފެނި މިދަނީ ކަށަވަރުވަމުން. ކުރީގެ އެއްވެސް ސަރުކާރަކުން ކުރަން ކެރިފައިނުވާ ކަމެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ވަނީ ކުރައްވައި، އެކަން ރަސްމީކޮށް އިޢުލާންކުރައްވާފައި. ރައްޔިތުންގެ މާލީ ބުރަ ލުއިކުރުމަށްޓަކައި، ދިގު މުއްދަތެއް ވަންދެން ބޭނުންކުރަމުން އައި ކަރަންޓުގެ ޓެރިފްތަކަށް ބަދަލުގެނެސް، އަގު ދަށްކޮށް އިޢުލާންކުރެއްވި ކަމަށްޓަކައި، އެމަނިކުފާނަށް އިޚްލާޞްތެރިކަމާއެކު، މަރުޙަބާއާއި ޝުކުރު ދަންނަވަން."


ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަތޮޅުތަކުގައި ކަރަންޓުގެ ހިދުމަތް ދޭ ފެނަކަ ކޯޕަރޭޝަންގެ %19.3 ކަސްޓަމަރުންނަކީ 100 ބޭންޑަށްވުރެ ދަށުން ކަރަންޓު ބޭނުންކުރާ ފަރާތްތައް ކަމަށާއި އެ ބޭންޑުތަކުގެ އަގު 1.50ރ. އިން 1.25ރ. އަށް ކުޑަކުރައްވަން ނިންމަވާފައިވާ ކަމަށެވެ. އަދި އާންމު ރައްޔިތުންގެ ބޮޑު އިންސައްތައެއް ބޭނުންކުރަނީ 101 އިން 400 އާ ދެމެދުގެ ބޭންޑު ކަމަށާއި އެ ބޭންޑުތަކުގެ އަގު އެއް ހަމަކޮށް 1.50ރ. އަށް ބަދަލުކުރައްވަން ނިންމަވާފައިވާ ކަމަށެވެ.

މިއީ ރާއްޖޭގެ ތާރީޚުގައިވެސް ސަރުކާރަކުން މިފަދަ ނިންމެވުމެއް ނިންމެވި ފުރަތަމަ ފަހަރުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ކަރަންޓުގެ އަގުހެޔޮ ކުރުމަށް ނިންމެވީ ސަރުކާރުން ހަކަތައިގެ ޕޮލިސީ މެނޭޖްކުރުމުގައި ހުރި މައްސަލަތަކުގެ ބުރަ ރައްޔިތުން ނަގަން ބޭނުންފުޅު ނުވާތީ ކަމަށެވެ. އަދި ރައްޔިތުން އެ ބުރަ އުފުލަންޖެހޭ ގޮތަށް ކުރީ ސަރުކާރުތަކުން ކުރި ކަންކަމަކީ މި ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށާއި ފާއިތުވި ދޮޅު އަހަރު ބެއްލެވީ ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި އެކަމުގައި ލުއި ހޯދައިދެވޭނެ ގޮތެއް ހޯދަން ކަމަށް ރައީސް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *