Support Us

ވާނުވާ ބަންދުގައި ތިބި މީހުންނަށް ޓެގް އަޅުވައިފައި ލުއި ދޭން ފައްޓައިފި

ޝަރީޢަތް ނިމެންދެން ބަންދުގައި ނުވަތަ ވާނުވާ ޖަހައިފައި ތިބި މީހުންގެ މައްސަލަތަކަށް ޙައްލެއް ހޯދުމަށްޓަކައި ދައުލަތުގެ އިދާރާތަކުން ގުޅިގެން ކުރަން ފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން ކޯޓުން ކަނޑައަޅާފައިވާ ޝަރުތުތަކާއެކު ޓެގް އަޅުވައިފައި ބަންދަށް ލުއި ދިނުމުގެ ކަންކަން މިއަދު ފައްޓައިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.

މި ކަން ހާމަކުރައްވައި އެކްސްގައި މިރޭ ކުރެއްވި ޕޯސްޓުގައި ރައީސް ވިދާޅުވީ މިއަދު މި ފެށުނު މަސައްކަތުގެ ތެރެއިން ޒަމާންވީ މި މައްސަލައަށް ޙައްލުތަކެއް ލިބި، ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ ބަންދަށް ލުއިތަކެއް ދެވޭނެ ކަމުގައެވެ.

ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހުންގެ ހައްޤުތަކަށް ވަކާލާތުކުރާ ބައެއް މީހުން ލިޔުމުން ހުށަހެޅި ހުށަހެޅުންތަކާމެދު މަޝްވަރާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މި މަހުގެ އަށް ވަނަ ދުވަހު ވަނީ ކަމާ ގުޅުން ހުރި އިދާރާތަކުގެ އެންމެ އިސްވެރިންނާ ބައްދަލުކުރައްވައި އެ ހުށަހެޅުންތަކުގައި ފާހަގަކޮށްފައިވާ ކަންކަމާމެދު މަޝްވަރާ ކުރައްވާފައެވެ. އެ ގޮތުން އެ ފަރާތްތަކަށް އެއް ފުރުޞަތު ދިނުމުގައި، އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމެއް ތަންފީޒުކުރެވޭނެ ގޮތަކާ ގުޅޭގޮތުން އެ ބައްދަލުކުރެއްވުމުގައިވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *