Support Us

އާންމު ކަސްޓަމަރުންނާއި ހޯލްސޭލް ވިޔަފާރިތަކަށް ހާއްސަ ތިން ފެސިލިޓީއެއް އެސްޓީއޯ އިން ތައާރަފްކޮށްފި

އާންމު ކަސްޓަމަރުންނާއި ހޯލްސޭލް ވިޔަފާރިތަކަށް ހާއްސަ ތިން ފެސިލިޓީއެއް އެސްޓީއޯ ޖެނެރަލް ޓްރޭޑިން ފަރާތުން މިއަދު ތަޢާރަފްކޮށްފިއެވެ. މި ޕްރޮމޯޝަންތަކަކީ ރެސްޓޯރަންޓް/ ކެފޭ ތަކަށާއި، ކްރެޑިޓް އޮފާސް ތަކަކާއި އަދި އެޕާޓްމަން ތަކަށް ބަދަލުވާ ފަރާތްތަކަށް ހާއްސަ ކޮށްގެން ކުރިއަށްގެންދާ ޕްރޮމޯޝަންތަކެކެވެ.

ރެސްޓޯރަންޓް/ ކެފޭ ތަކަށް ހާއްސަ ޕްރޮމޯޝަން

ރެސްޓޯރަންޓް/ ކެފޭ ހިންގާ ފަރާތްތަކުން މި ޕްރޮމޯޝަނަށް ހާއްސަ ކުރެވިފައިވާ ރެޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރުމަށްފަހު ހުށަހެޅުމުން ތިން މަސް ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ބައިވެރިވެވުނީއެވެ. މި ޕްރޮމޯޝަންގެ ތެރެއިން ރެސްޓޯރަންޓް/ ކެފޭ ތަކަށް ހާއްސަ އަގުތަކެއްވެސް ވަނީ ކަނޑައެޅިފައެވެ. އަދި ތިން މަސް ދުވަހުގެ ތެރޭގައި އެންމެ ގިނައިން ވިޔަފާރިކުރާ 10 ފަރާތަށް ހާއްސަ އިނާމުތަކެއް ވަނީ ހުށަހަޅައިފައެވެ.

އިނާމުތައް:
1 ވަނަ އިނާމަކަށް 150،000ރ.ގެ ކްރެޑިޓް
2 ވަނަ އިނާމަކަށް 100،000ރ.ގެ ކްރެޑިޓް
3 ވަނަ އިނާމަކަށް 75،000ރ.ގެ ކްރެޑިޓް

  • ބާކީ 7 ފަރާތަށް 50،000ރ.ގެ ކްރެޑިޓް ފެސިލިޓީއެއް
  • މި ޕްރޮމޯޝަން ކުރިއަށް ދާނީ އެސްޓީއޯ ހޯލްސޭލް ސެންޓަރުތަކުގައި

ހޯލްސޭލް ކަސްޓަމަރުންނަށް ހާއްސަ އޮފަރ

މި އޮފަރ ނުވަތަ ޕްރޮމޯޝަން ހާއްސަ ކުރެވެނީ ހޯލްސޭލް ވިޔަފާރިތަކަށެވެ. މި އޮފާގެ ތެރޭގައި ޖެނެރަލް ޓްރޭޑިން އިން ފަސޭހައިން ކްރެޑިޓް ފެސިލިޓީ އަދި އެޖެންޓަކަށް ވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި އޮފަރ ކުރިއަށް ދާނީ ތިން މަސް ދުވަހުގެ ނިޔަލަށެވެ. އޭގެ އިތުރުން މި ތިން މަސް ދުވަހުގެ ތެރޭ މި އޮފަރގެ ތެރެއިން ކްރެޑިޓަށް މުދާ ނަގައިގެން އަދި އެޖެންޓު ގޮތުގައި ވިޔަފާރި ކޮށްގެން ގުރުއަތުން ހޮވޭ ތިން ފަރާތަކަށް އިނާމު ލިބޭނެއެވެ.

އިނާމުތައް:
1 ވަނަ އިނާމަކަށް 100،000ރ.ގެ ކްރެޑިޓް
2 ވަނަ އިނާމަކަށް 75،000ރ.ގެ ކްރެޑިޓް
3 ވަނަ އިނާމަކަށް 50،000ރ.ގެ ކްރެޑިޓް

  • މި ޕްރޮމޯޝަން ކުރިއަށް ދާނީ އެސްޓީއޯ ހޯލްސޭލް ސެންޓަރުތަކުގައި

އެޕާޓުމަންޓް އޮފަރ

މި އޮފަރ ހާއްސަ ކުރެވިފައިވަނީ ހުޅުމާލެ އަދި މާލޭގައި ހަދަމުންދާ އެޕާޓުމަންޓު ތަކަށް ބަދަލުވާ ފަރާތްތަކަށެވެ. މި އޮފަރގައި ހިމެނޭނީ އެސްޓީއޯ ޖެނެރަލް ޓްރޭޑިން އިން ވިއްކާ ހޯމް އެޕްލަޔަންސްގެ ބާވަތްތަކެވެ.

ޑިސްކައުންޓް އޮފާތައް

15،000ރ. އާއި 25،000ރ.އާ ދެމެދު ވިޔަފާރިކުރާ ފަރާތްތަކަށް %12 ޑިސްކައުންޓު
25،000ރ. އާއި 35،000ރ.އާ ދެމެދު ވިޔަފާރިކުރާ ފަރާތްތަކަށް 15% ޑިސްކައުންޓު
35،000ރ. އިން މަތިން ވިޔަފާރިކުރާ ފަރާތްތަކަށް %18 ޑިސްކައުންޓު

  • ހިޓާޗީ އެއަރކޮނޑިޝަނަރ އިން %2.5ގެ ޑިސްކަންޓު
  • މުދާ ގަންނައިރު އެޕާޓުމަންޓު ލިބުނުކަމުގެ ލިޔުން ހުށަހަޅަންވާނެ
  • މި އޮފަރ 2025 ވަނަ އަހަރު ނިމެންދެން ކުރިއަށްދާނެ
  • މި ޕްރޮމޯޝަން ކުރިއަށް ދާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިން
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *