Support Us

މުދާ ޖެޓީ ސަރަހައްދުގައި ކަންބޮޑުވުން ފާޅުކުރި އޮޑިވެރިންނަށް އެޗްޑީސީން ވަގުތުން ހައްލު ހޯދައިދީފި

ހުޅުމާލެ މުދާ ޖެޓީ ތަރައްގީކުރުމުގެ މަޝްރޫއު ފެށުމަށްޓަކައި، އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނަގައި، ވަގުތީ ގޮތުން އެހެން ސަރަހައްދެއްގައި ބޭއްވޭނެ އިންތިޒާމު އެޗް.ޑީ.ސީން ހަމަޖައްސައިދީފިއެވެ.

މުދާ ޖެޓީ ތަރައްގީ ކުރުމުގެ މަސައްކަތަށް އެ ސަރަހައްދުގެ ފަޅުތެރޭގައި އަޅާފައިވާ އުޅަނދުތައް ނެގުމަށް އެޗް.ޑީ.ސީން އިއުލާންކޮށް، ދިން މުހުލަތު ފަހަނައެޅުމުން، އުޅަނދުތައް ނެގުމަށް އެޗް.ޑީ.ސީން މިއަދު އެންގުމާއެކު، ބައެއް އޮޑިވެރިން އެ ސަރަހައްދަށް އެއްވެ ކަންބޮޑުވުން ފާޅުކުރިއެވެ.

"އެހެންކަމުން، އެ އޮޑިވެރިންނާ މި ކޯޕަރޭޝަންގެ އިސްވެރިން މަޝްވަރާ ކުރުމަށްފަހު، މުދާ ޖެޓީ ސަރަހައްދުގައި އޮތް އުޅަނދުތައް ވަގުތީ ގޮތުން އެހެން ސަރަހައްދެއްގައި ބޭއްވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސައިދީފައެވެ. އެޗްޑީސީން އަބަދުވެސް މަސައްކަތް ކުރަނީ އާންމު ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ދިމާވާ މިފަދަ އެންމެހާ ދަތިތަކަށް ހައްލު ހޯދައިދިނުމަށެވެ." އެޗް.ޑީ.ސީން ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *