Support Us

ދެ ބިލް އެއްވަރުވީ މާރިޗާއި އެޕްރީލަށް ވެސް ޑިސްކައުންޓް ދިނުމުން: ސްޓެލްކޯ

މާރިޗާއި އެޕްރީލް މަހުގެ ކަރަންޓް ބިލް އެއްވަރުވީ އެ ދެ މަހަށް ވެސް ޑިސްކައުންޓް ދިފައިވާތީ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.

މިކަމާ ގުޅިގެން ސްޓެލްކޯ އިން މިއަދު ނެރުނު ބަޔާން ތިރީގައި މިވަނީއެވެ.

"މިއަހަރުގެ މާރިޗު މަހުގެ (ރަމަޟާން މަހުގެ) ކަރަންޓުބިލަށް ޑިސްކައުންޓު ދީފައިވާ ފަދައިން އެޕްރީލް މަހުގެ ކަރަންޓު ބިލަށްވެސް ވަނީ ޑިސްކައުންޓު ދީފައެވެ. މާރިޗު މަހުގެ (ރަމަޟާން މަހުގެ) ދުވަސްތައް ނިމުމަށްފަހު، އޭޕްރީލްމަހުގެ ބިލްތަކުންވެސް މިއަހަރު ޑިސްކައުންޓެއް ދެވިފައިވަނީ، އޭޕްރީލް މަހަކީ ހޫނު ގަދަވުމުގެ ސަބަބުން ޢާއްމުކޮށް ކަރަންޓުބިލުތައް ވަރަށް ބޮޑުވާ މަހަކަށްވާތީ، ރައްޔިތުންނަށް އިތުރު ލުޔެއް އޭޕްރީލް މަހުވެސް ދިނުމަށެވެ.

"ވުމާއެކު، އޭޕްރީލްމަހުގެ ކަރަންޓުބިލު މިކުންފުނީގެ ކަސްޓަމަރުންނަށް ފޯރުކޮށްދިންއިރު، އެ ބިލުގައިވާ "ކަރަންޓު ބޭނުންކުރެވުނު ވަރު" އޭގެ ކުރީ މަހާ ތަފާތުވި ނަމަވެސް، ބައެއް ބިލްތަކުގައި ބިލް އަމައުންޓު (ފައިސާގެ އަދަދު) މާރިޗު މަހުގެ (ރަމަޟާން މަހު) ބިލާއި ސީދާ އެއް އަދަދެއްގެ ގޮތުގައި އޮތީ މިދެންނެވި ލުއި ދިނުމުން ކަމުގައި ދެންނެވީމެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *