Support Us

ފައިނޭންޝަލް ސެންޓަރުގެ ބިންގާއެޅުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވައިފި

މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރު (އެމް.އައި.އެފް.ސީ) ގެ ބިންގާއެޅުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވައިފިއެވެ.

ހުޅުމާލޭ ތިންވަނަ ފިޔަވަހީގައި ބޭއްވި ރަސްމިއްޔާތުގައި މަރުކަޒުގެ ބިންގާ އެޅުމުގެ ހަނދާނީބިނާ އިފްތިތާޙުކޮށްދެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިން މޫސާ ޒަމީރާއި އެމް.ބީ.އެސް ގްލޯބަލް އިންވެސްޓްމަންޓްސް ކޯ އެލް.އެލް.ސީގެ ރައީސް، ނާޔިފް ބިން ޢީދް އަލް ޘާނީ އެވެ.

ނާޔިފް ބިން ޢީދް އަލް ޘާނީ އާއި، އެމް.ބީ.އެސް ގްލޯބަލް އިންވެސްޓްމަންޓްސްގެ ސީ.އީ.އޯ ނަދީމް ޙުސައިން އާއި މިނިސްޓަރ އޮފް ފިނޭންސްގެ ނައިބު އަޙްމަދު ސާއިދު މުސްޠަފާ މި ރަސްމިއްތާގައި ވާހަކަފުޅު ދެއްކެވިއެވެ. އެ ބޭފުޅުންގެ ވާހަކަފުޅުގައި، އެމް.އައި.އެފް.ސީ އިން ތަޢާރަފުކުރާ މާލީ އެއްބާރުލުމުގެ އާ ވިސްނުންތަކާއި، އެ މަރުކަޒުގެ އެހީގައި ތަސައްވަރުކުރައްވާ ކުރިމަގުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

މި ރަސްމިއްޔާތުގައި ސަރުކާރުގެ އިސް ވެރިންނާއި، އެމް.ބީ.އެސް ގްލޯބަލް އިންވެސްޓްމަންޓްސް ކޯ އެލް.އެލް.ސީގެ މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *