Support Us

ފިރިހެން ވެލާށެ ޙަސަންފުޅާ!

ބަލަ ކީއްވެފައިތަ؟ ޙަސަންފުޅާ ތިޔަ އޮންނަނީ ކުޑަ އަށިމަތީ
އަލަކުން ޒުވާން ނުމެ ވާނެޔޭ ތިޔަހެން އޮތަސް ބާލީސްމަތީ

ފިކުރުގެ ކަނޑަށް ގެނބި ފޯވެފާ ކަޅި އެއްދިމާޔަށް ހުއްޓިފާ
ތި ކުރާ ޚިޔާލެއް ބުނެބަލައި ޖެހިލުން ވުމެއް ނެތި ކުރިމަތީ

ޙައްވާފުޅަށް ވާ ސާބަހޭ ބުނެލީ ޙަސަންފުޅު ތެދުވެފައި
ދައްކާ ތިހިރަ ވާހަކަތަކުން ހައިރާން ވެޔޭ ހުރެ ދޮރު މަތީ

ނީވޭހެ ބިރުވެރި އަޑުތަކެއް، ނުފެނޭހެ ކަންކަން ވާ ގޮތެއް
ހީވޭހެ ވާން މި އުޅޭގޮތެއް، ނުފެނޭތަ ތިބި ތަން އިންްމަތީ

މިނިވަންކަމެއް ގޭގައި ނެތޭ، ބިރުވެރިކަމުގެ ހައްދެއްނެތޭ
ހިނިތުންވެ ތިބެވޭކަށް ނެތޭ، ދެވެރިން އެކީގައި ތަންމަތީ

ވިއްކައިފި މި ގެޔާ އެކު ބިމާ، ގޯތީ ތެރޭ ހުރި ރުއް ގަހާ
ރިއްސާއި ފައުނާ ހުރި ރަނާ، މާރީތި އެކި އެކި ނަންމަތީ

ހަ ދަރީން އުފަން ތިބިއިރު މަގޭ ކާފާ ކިޔާ އެބަ ތިން ކުދީން
އެ ދަރީންގެ މާދަން ވާނެބާ ހިނިތުންވުމެއް ތުންފަތްމަތީ

އަންނާނެ ވަގުތެއް ނޭނގެޔޭ ނެރެ ބޭރުކޮށް ލާކަށް ދޮރުން
ވަންނާނެ ހިޔަލެއް އަދި ވަލެއް ފެންނާކަށެއް ނެއް ބިންމަތީ

ކަން ހުރި ގޮތާ ވާނޭ ގޮތާ ޙައްވާފުޅަށް ފިލުމުން ބުނީ
ދަންނާށެ މީ ދެވެރިން ގެޔޭ ބަންނާށެ ކަމަރެއް ހިންމަތީ

އޮތް ޙައްލަކީ ކުރިމަތި ލުމޭ، ފިރިހެން ވެލާށެ ޙަސަންފުޅާ
ގޮތް ދޫ ނުކޮށް ގަދަ ޢަޒުމުގައި ސާބިތުވެ އެވެރިން ކުރިމަތީ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

One Response

  1. ނޫނޭވާ މޮޅު ޅެމެއް. އަދުރޭ ކުރިން އެނގިފަ އޮތީ ބަސްހުތުރު ލަދުކުޑަ މީހެއްގޮތަށް. އަދި ކިރިޔާ މިއެނގެނީ ހުރި އަދަބީ ފަންނު.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *