ފިލްމް އީޖާދުކުރިތާ މި އަހަރަށް 137 އަހަރުވެއްޖެއެވެ. މި ބަލައިލަނީ މި ސިނާއަތާ ބެހޭ ގޮތުން އާއްމު ގޮތެއްގައި ފާހަގަ ނުކުރެވޭ 10 ކަމަކަށެވެ.
- ފުރަތަމަ އީޖާދުކުރި ފިލްމަށް ކިޔަނީ "ރައުންޑްހޭ ގާޑަން ސީން"އެވެ. މި ފިލްމް ހެދީ 1888 ގައެވެ. ޑިރެކްޓްކުރީ ފްރާންސްގެ އީޖާދު ކުރުންތެރިޔާ ލުއި ލަ ޕްރިންސްއެވެ.
- އެމެރިކާގެ ފިލްމީ ސިނާއަތް ކަމަށްވާ ހޮލީވުޑުން އުފެއްދި ފުރަތަމަ ފިލްމަކީ 1914 ގައި ހެދި ފިލްމް "ދަ ސްކޯ މޭން"އެވެ. މި ފިލްމް ޑިރެކްޓްކުރީ އޮސްކާ އަޕްފެލް އާއި ސަސިލް ބީ. ޑަމިލްއެވެ.
- ފުރަތަމަ ތްރީ-ޑީ ފިލްމަކީ 1922 ގައި ހެދި "ދަ ޕަވާ އޮފް ލަވް"އެވެ. މި ފިލްމް ޑިރެކްޓްކުރީ ނެޓް ޖީ. ޑެވެރިޗް އާއި ހެރީ ކޭ. ފެއާއޯލްއެވެ.
- އަޑާއެކު ފިލްމެއް ފުރަތަމަ ފަހަރަށް އުފެއްދީ 1927 ގައެވެ. އެއީ އެލަން ކްރޮސްލޭންޑް ޑިރެކްޓްކުރި "ދަ ޖޭޒް ސިންގާ"އެވެ.
- އެންމެ ދިގު ފިލްމް ހެދީ 2016 ގައެވެ. އެއީ އެންޑާސް ވެބާގް ޑިރެކްޓްކުރި "އެމްބިއެންސް"އެވެ. ފިލްމްގެ ދިގު މިނަކީ 720 ގަޑިއިރު ނުވަތަ 30 ދުވަހެވެ.
- އެންމެ ބޮޑު އާމްދަނީއެއް މިހާތަނަށް ލިބިފައިވަނީ 2009 ގައި ޖޭމްސް ކެމެރުން ޑިރެކްޓްކުރި "އެވަޓާ"އަށެވެ. މި ފިލްމަށް ބޮކްސް އޮފީހުގައި 2.9 ބިލިއަން ޑޮލަރު (44 ބިލިއަން ރުފިޔާ) ލިބިފައިވެއެވެ.
- އިނގިރޭސި ފިލްމަށް ދޭ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ އެމެރިކާގެ އެކަޑެމީ އެވޯޑު ނުވަތަ އޮސްކާ އެވޯޑު އެންމެ ގިނަ އަދަދަކަށް އެއް ފިލްމަކަށް ދިނީ ތިން ފިލްމަށެވެ. އެއީ 11 އޮސްކާއެވެ. މި އަދަދަށް މި އިނާމު ލިބުނީ 1959 ގައި ވިލިއަމް ވައިލާ ޑިރެކްޓްކުރި "ބެން-ހާ" އަށާއި 1997 ގައި ޖޭމްސް ކެމެރުން ޑިރެކްޓްކުރި "ޓައިޓޭނިކް" އަދި 2003 ގައި ޕީޓާ ޖެކްސަން ޑިރެކްޓްކުރި "ދަ ލޯޑް އޮފް ދަ ރިންގްސް: ދަ ރިޓާން އޮފް ދަ ކިންގް"އަށެވެ.
- ކޮމްޕިއުޓަރުން ހަދައިފައިވާ މަންޒަރެއް ނުވަތަ ކޮމްޕިއުޓަރު-ޖެނެރޭޓެޑް އިމޭޖް (ސީ.ޖީ.އައި) ފުރަތަމަ ބޭނުންކުރީ 1973 ގައި މައިކަލް ކްރައިކްޓަން ޑިރެކްޓްކުރި "ވެސްޓްވޯލްޑް"ގައެވެ.
- މޯޝަން ކެޕްޗާ ޓެކްނޮލޮޖީ ބޭނުންކުރި ފުރަތަމަ ފިލްމަކީ 2001 ގައި ޕީޓާ ޖެކްސަން ޑިރެކްޓްކުރި "ދަ ލޯޑް އޮފް ދަ ރިންގްސް: ދަ ފެލޯޝިޕް އޮފް ދަ ރިންގް"އެވެ.
- އެންމެ ގިނަ ފައިސާ އެއް ފިލްމް ފްރެންޗައިސްއިން ލިބިފައިވާ ބަތަލަކީ ކިއާނޫ ރީވްސްއެވެ. އެއީ ދެބެއިން ކަމަށްވާ ލޭނާ ވެޗައުސްކީ އާއި ލިލީ ވެޗައުސްކީ ޑިރެކްޓްކުރި "ދަ މެޓްރިކްސް"ގެ ތިން ފިލްމް ނުވަތަ ޓްރިލޮޖީންނެވެ. އެ ގޮތުން އޭނާއަށް "ދަ މެޓްރިކްސް"، "ދަ މެޓްރިކްސް ރިލޯޑަޑް" އަދި "ދަ މެޓްރިކްސް ރެވޮލިއުޝަންސް"އިން މުސާރައިގެ ގޮތުގައި މުޅިއަކު 250 މިލިއަން ޑޮލަރު (3.8 ބިލިއަން ރުފިޔާ) ލިބިފައިވެއެވެ.
- ތަރުޖަމާއެއް
