Support Us

ހިޔާ ހަތަރު ޓަވަރަކާއި އެމްޕީއެލް ޓަވަރުތަކުން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކުރަން ޖެހޭ އެމަރޖެންސީ މެއިންޓަނަންސް މަސައްކަތްތަކެއް ކުރުމަށް ޓަކައި ހިޔާ ހަތަރު ޓަވަރަކާއި އެމްޕީއެލް ޓަވަރުތަކުން މާދަމާ ވަގުތީގޮތުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.

16 އެޕްރީލްގައި ކަރަންޓުގެ ހިދުމަތް ކެނޑުން

ހިޔާ ޓަވަރު: H13, H14, H15, H16
ހެނދުނު : 10:00 އިން 11:00 އަށް

އެމްޕީއެލް ޓަވަރުތައް
މެންދުރު: 13:30 އިން 15:00 އަށް

"މިގަޑިތައް މިގޮތަށް ބަޔާންކޮށްފައި ވީނަމަވެސް، މަސައްކަތް ނިމުނުހާ އަވަހަކަށް އަލުން ކަރަންޓު ދެވިގެންދާނެ. މި މަސައްކަތަކީ އަޅުގަނޑުމެންގެ ޚިދުމަތް މެދުނުކެނޑި، އެންމެ ފުރިހަމަ ގޮތުގައި ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތްތަކެއް. މިފަދަ ޙާލަތްތަކުގައި ކަސްޓަމަރުންގެ ފަރާތުން އަބަދުވެސް ލިބެމުން އަންނަ އެއްބާރުލުމަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި ކަރަންޓު ކަނޑާލަންޖެހުމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް މަޢާފަށް އެދެން،" ސްޓެލްކޯ އިން ބުންޏެވެ.