Support Us

އެއްވަނަ ޓަވަރުގެ ފްލެޓްތަކުން ބައިގަޑިއެއްހާއިރަށް ކަރަންޓު ކެނޑޭނެ: ސްޓެލްކޯ

މުހިންމު މަސައްކަތެއް ކުރުމަށްޓަކައި، ހިޔާގެ އެއްވަނަ ޓަވަރުގެ ފްލެޓްތަކުން ބައިގަޑިއެއްހާއިރަށް މިއަދު ކަރަންޓު ކެނޑޭނެ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.

ސްޓެލްކޯ އިން ބުނީ މި މަސައްކަތް ކުރުމަށް ހަމަޖެހިފައި ވަނީ މިއަދުން ފެށިގެން އެކި ދުވަސްތަކަށް ޓަވަރުތައް ބަހާލައިގެން ކަމަށާއި މިގޮތުން މިއަދު ހެނދުނު 9:00 އިން ހަވީރު 5:00 އާ ދެމެދު، އެ ޓަވަރުގެ ކޮންމެ އެޕާޓްމަންޓަކުންވެސް ގާތްގަނޑަކަށް 30 މިނެޓަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

"މިކަމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް މަޢާފަށް އެދެން،" ސްޓެލްކޯ އިން ބުނެއެވެ.

ހިޔާގެ 25 ބުރީގެ 16 ޓަވަރުގައި 7،000 އެޕާޓްމަންޓު ހުރެއެވެ.